Support Us

އަފްޣާނިސްތާނާ ބެހޭގޮތުން އިސްތިރާތީޖީއަކަށް އެއްބަސްވުމަށް ޗައިނާއަށް ގޮވާލައިފި

އަފްޣާނިސްތާނަކީ ހަރުކަށީންނަށް ލިބިފައިވާ އަމާން ގޮވައްޗަކަށް ވިޔަނުދިނުމަށް ޓަކައި ބައިނަލްއަޤްވާމީ ސިޔާސަތަކަށް އެއްބަސްވުމަށް އިނގިރޭސި ވިލާތުން ރަޝިޔާއަށާއި ޗައިނާއަށް ގޮވައިލާނެ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރާ ލިޒް ޓްރޮސް އދގައި ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތާއި ޗައިނާއާއި ރަޝިޔާއާއި އެމެރިކާއާއި ފަރަންސޭސިވިލާތުގެ ޚާރިޖީވަޒީރުން ނިވްޔޯކްގައި އދގެ އަމީން ޢާއްމު އެންޓޯނިއޯ ގުޓަރެޝްއާއެކު ބައްދަލުކުރައްވާއިރު މި ކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިނގިރޭސި ވަޒީރާ ވިދާޅުވިއެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ މަސައްކަތްތައް މި ދުވަސްކޮޅު ވިލަރެސްކުރާ ދައުލަތަކީ އިނގިރޭސި ވިލާތެވެ. އޭނާ ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އަމުނާއި އަމާންކަމުގެ މަސްއަލަތަކާމެދު ދާއިމީ ފަސް މެންބަރުން މަޝްވަރާކުރާއިރު އަފްޣާނިސްތާނުގެ މަސްއަލައަށް ޚާއްޞަ އިސްކަމެއް ދެވޭނެކަމަށް ވަޒީރާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާއި ނޭޓޯގެ ބާރުތައް ފޭބުމާ ވިދިގެން ޠާލިބާނުން އަފްޣާނިސްތާނަށް ވެރިވެގަންލެއް އަވަސްކަމުން ހުޅަނގު ވަނީ އަޖައިބުވެ އަންތަރީސްވެފައެވެ. ހަރުކަށި ޢަމަލުތައް ހިންގުމަށް ތަމްރީނުދެވޭ މައިދާނަކަށް އަފްޣާނިސްތާނު ވެދާނެތީ ހުޅަނގު ވަރަށް ބިރުގަނެއެވެ.

މި ބައްދަލުވުމުގެ ކުރިން އިނގިރޭސި ޚާރިޖީ ވަޒީރާ ވިދާޅުވިއެވެ. "އަފްޣާނިސްތާނު ޢާލަމީ ނިރުބަވެރީންނަށް އަމާންކަންދޭ ވެށްޓަކަށް ވުމުގެ ކުރިން ޠާލިބާނުންނާއެކު މުޢާމަލާތު ކުރާނެ މިންގަނޑުތަކެއް އެކަށައެޅުމަށް ވަނީ ބޭނުންވެފައެވެ. މި ކަމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ރަޝިޔާއާއި ޗައިނާވެސް ބައިވެރިވާން ޖެހޭނެއެވެ."

ޠާލިބާނުން ބުނަމުންދާ ގޮތުގައި ހުޅަނގާ ދެކޮޅަށް ޙަމަލާތައްދޭ ޖަމާޢަތްތަކަށް އަމާންކަން ދޭ ބިމަކަށް އަފްޣާނިސްތާނު ދެނެއް ނުވާނެއެވެ.

ޗައިނާއާއި ރަޝިޔާއިން މޫލަވެރިކަން ކުރާ ސަލާމަތާއި އަމްނާބެހޭ ޖަމާޢާތަކުން މިދިޔަ ހަފުތާގައި އަފްޣާނިސްތާނުގެ މަސއަލައާމެދު ވަނީ ބަހުސްކޮށްފައެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ވިދާޅުވިގޮތުގައި "ކަމާ ބެހޭ ފަރާތްތަކުން" އަފްޣާނިސްތާނުން ނިރުބަވެރިކަން ފުހެލަން ޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޗައިނާގެ ކެރިފޯރުންތެރިކަމުގެ އިމުގެ ތެރޭގައި އަފްޣާނިސްތާނަށް އެހީވާނެއެވެ.

ރޫސީ ރައީސް ޕޫޓިން އދގައި ވިދާޅުވިގޮތުގައި ޠާލިބާން ސަރުކާރާއެކު ރަޝިޔާއަށް ވަނީ މަސައްކަތް ކުރަން ޖެހިފައެވެ. ގަނޑުކޮށްފައި ހުރި އަފްޣާނިސްތާނުގެ އުޞޫލުތައް ދޫކޮށްލުމާމެދު ވިސްނުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް ކަމަށް ޕޫޓިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް