Support Us

އައު ޞަފްޙާއެއް ހުޅުވުމަށް މެކަރޯނާއި ރައީސީ އެެއްބަސްވެ ވަޑައިގެންފި

ޕެރިހާއި ޠަހަރާނާ ދެމެދުގައި ހުރި ދޭދޭ މަސްއަލަތަކާއި ސަރަޙައްދީ މަސްއަލަތައް ޙައްލުކޮށް އެއްބާރުލުމުގެ އައު ޞަފްޙާއެއް ހުޅުވުމަށް ފަރަންސޭސި ރައީސް އިމްނުވޭލް މެކަރޯނާއި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ހޯމަވިލޭރޭ އެއްބަސްވެ ވަޑައިގަންނަވައިފިއެވެ. މި ކަމަށް ދެ ރައީސުން އެއްބަސްވެ ވަޑައިގަތީ ރޭ އެ ދެބޭފުޅުން ފޯނުން ގުޅުއްވާ ބޭއްވެވި ބައްދަލުވުމެއްގައެވެ.

އީރާނުގެ ރިޔާސީ އޮފީހުން ހާމަކުރި ގޮތުގައި ދެ ރައީސުންގެ މި ބައްދަލު ކުރެއްވުމުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ތަފާތު ގުޅުންތަކާއި މި ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ބެހޭގޮތުން ބަޙުސް ކުރެއްވިއެވެ. އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭ އެއްބަސްވުމަށް އެމެރިކާ ރުޖޫޢަކުރުމާ ބެހޭގޮތުންނާއި ލުބްނާނުގެ މަސްއަލައާއި އަފްޣާނިސްތާނުގެ މަސްއަލައާ ބެހޭގޮތުން ވެސް ދެ ރައީސުން ވާހަކަފުޅު ދެއްކެވިއެވެ.

އީރާނާއެކު ގުޅުންތައް ހަރުދަނާކުރުމަށް ފަރަންސޭސި ވިލާތް ޝައުޤުވެރިވާ ކަމަށް މެކަރޯން ވިދާޅުވިއެވެ.

އީރާނުގެ ރައީސް ދެންނެވި ގޮތުގައި "އީރާނަށް ލާބަހުރި ކަމަކަށްވާނަމަ" ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމާ ޠަހަރާން ދެކޮޅެއް ނަހަދާނެއެވެ. ރައީސީ ވިދާޅުވިއެވެ. "ވާހަކަދެއްކުންތަކުގެ އެޖެންޑާގައި އަދި ވާހަކަދެއްކުންތަކުގެ ނަތީޖާއަކަށް ވާންޖެހޭނީ އީރާނަށް ދަތިކުރުމަށް ޓަކައި އަޅައިފައިވާ ފިޔަވަޅުތައް އުވާލުމެވެ. ވާހަކަދެއްކުންތައް ބޭއްވުމަށް ޓަކައި ވާހަކަ ދެއްކުންތައް ބޭއްވުމަކީ އީރާނު ޤަބޫލުވާނެ ކަމެއް ނޫނެވެ."

އަފްޣާނިސްތާނާ ބެހޭގޮތުން ރައީސް މެކަރޯން ވިދާޅުވިއެވެ. "އަފްޣާން ރައްޔިތުން އެދޭގޮތަށް އަފްޣާނިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ޕެރިހުން ވާގިވެރިވާނެއެވެ." މެކަރޯން ގަދައަޅުއްވައި ވިދާޅުވިއެވެ. "ޠާލިބާނުން އިންސާނީ ޙައްޤުތަކަށާއި ބައިނަލްއަޤްވާމީ މަސްއޫލިއްޔަތުތަކާ އެއްގޮތަށް ޢަމަލު ކުރަން ޖެހޭނެއެވެ."

ލުބްނާނުގައި ވަރުގަދަކުރުންތެރި ސަރުކާރެއް ޤާއިމުކުރުމަށް ޓަކައި ޙިޒްބުﷲއާއެކު ފަރަންސޭސީންނާއި އީރާނުން ވާގިވެރިވުމަށް ވެސް ރައީސް މެކަރޯން ގޮވައިލެއްވިއެވެ.

ފަރަންސޭސިވިލާތާއި އީރާނާ ދެމެދުގައިވާ އިޤްތިޞާދީ އަދި ވިޔާފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތަށް ޠަހަރާނުން މަރްޙަބާ ކިޔައެވެ. ފަރަންސޭސިވިލާތުގެ ތެރެއިން ލައިފާ ޔޫރަޕާއެކު ހުރިހާ މައިދާނެއްގައި ގުޅުންތައް އަލުން ފެށުމަށް އީރާން ތައްޔާރަށް އޮތްކަމަށް ރައީސީ ވިދާޅުވިއެވެ.

އެ ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ، ދާއިމީ، ތަވާޒުނު ގުޅުންތަކެއް ޤާއިމުކުރުމަށް ޓަކައި އީރާނާއި ފަރަންސޭސިވިލާތުގެ ސިޔާސީ މިނިވަންކަމަކީ ވަރަށް އަގުބޮޑު ރަޞީދެއްކަމަށް ރައީސީ ވިދާޅުވިއެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ގުޅިފައިވާ މަޞްލަޙަތުތައް ދެމެހެއްޓޭނީ މި ކަންކަމުގެތެރެއަށް ބޭރުގެ ބަހާތައް ވަނުން މަނާކުރެވިގެންނެވެ.

ރައީސީ ވިދާޅުވިގޮތުގައި އީރާން- ފަރަންސޭސި އެހީއާއި ލުބްނާނުގެ ޙިޒްބުﷲގެ ވާގިވެރިކަމާއެކު ލުބްނާނުގައި ވަރުގަދަ ސަރުކާރެއް އެކުލަވައިލެވިދާނެއެވެ.

ރައީސީ ތުހްމަތު ކުރެއްވިގޮތުގައި ދާޢިޝް ބިނާ ކުރީ އެމެރިކާއިންނެވެ. "އައު ނިރުބަވެރިކަމަށް އެހީވުން" ހުއްޓައިލުމަށް ރައީސީ އެމެރިކާއާށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ މިންބަރުތަކުގައި އެމެރިކާ މި ކަމުގެ ޒިންމާ އުފުލަން ވާނެއެވެ.

އެއްވެސް ފިއްތުމެއް ޤަބޫލެއް ނުކުރެވޭނެ

އީރާނުގެ ރަސްމީ ޓީވީއަށް ރައީސީ ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެމެރިކާއާއި ހުޅަނގުން މަސައްކަތް ކުރަނީ އީރާނަށް ފިއްތައިގެން އެމީހުންގެ މަޤްޞަދުތައް ޙާޞިލުކުރާށެވެ. އަހުރެމެން ކުރީން ވެސް ހާމަކޮށްފައިވާނޭ ފަދައިން އަހުރެމެން ވާހަކަދައްކަމުންދާނީ އަހުރެމެންގެ ސަރުކާރުގެ އެޖެންޑާއާ އެއްގޮތްވާގޮތުގެ މަތީންނެވެ. އެއްވެސް ފިއްތުމުގެ ދަށަކުން ނޫނެވެ."

ރައީސީ ވިދާޅުވިއެވެ." ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުން އަހުރެމެންގެ އެޖެންޑާގައި އެބައޮތެވެ. އެއީ މަޤްޞަދެއް ޙާޞިލުކުރުމަށް ޓަކައި ކުރާ މަސައްކަތެކެވެ. އެއީ އަހުރެމެންގެ އުންމަތާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ. "އޭނާ އިތުރަށް ސާފުކޮށް ދެއްވަމުން ވިދާޅުވިއެވެ. "އަހުރެމެން ވާހަކަދައްކަން ބޭނުންވަނީ ވާހަކަދައްކާކަށް ނޫނެވެ. މި ވާހަކަދެއްކުންތަކުގައި އީރާނީ އުންމަތުގެ މަޞްލަޙަތުތައް ދޫކޮށެއް ނުލާނަމެވެ."

ރައީސީ އިތުރަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވިއެވެ. "ވާހަކަދެއްކުމުގެ އަޚްލާޤިއްޔާތާ ފިއްތުންތަކާއި ބިރުދެއްކުންތައް އެއްފަހެއް ނުވާނެއެވެ."

ވިއެނާގައި ބޭއްވެމުންދިޔަ އެމެރިކާ- އީރާން ނުސީދާ ވާހަކަދެއްކުންތައް 20 ޖޫންގައި ހުއްޓުނީ އީރާނުގައި އައު ރައީސަކު އިންތިޚާބު ކުރެވުމުންނެވެ.  އީރާނުގެ ބަރްލަމާނުން މިހާރުވަނީ ރައީސް ރައީސީގެ ސަރުކާރަށް އިތުބާރު ދީފައެވެ. ރައީސީގެ ކެބިނެޓްގެ މިނިސްޓަރުންގެ ތެރެއިން ބަރްލަމާނުގެ ރުހުން ލިބިފައި ނުވަނީ ހަމައެކަނި ތަޢުލީމާ ބެހޭ ވަޒީރު ޙުސައިން ބާޣޫލަށެވެ. މި ސަރުކާރުގައި އަންހެން ވަޒީރަކު ނުހިމެނޭތީއާއި ސުންނީ ވަޒީރަކު  ނުހިމެނޭތީ ބަރްމާނުގެ ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވެފައިވާކަން ފާހަގަ ކުރެވެއެވެ.

ވާހަކަދެއްކުމަށް ޓަކައި މޭޒުދޮށަށް އަނބުރާ އައުން

އީރާނުގައި ބޭއްވުނު ރިޔާސީ އިންތިޚާބާ ވިދިގެން ވިއެނާގެ ވާހަކަދެއްކުންތައް ވަނީ މެދުކަނޑައިލެވިފައެވެ. ޕެރިހުންނާއި ބަރލިނުން މި ވާހަކަދެއްކުންތައް އަވަހަށް ފެށުމަށް ވަނީ އިރާނަށް ގޮވާލައިފައެވެ. އީރާނުގެ ނިޔުކްލިއަރ ޙަރަކާތްތައް ހުއްޓައިނުލައި ކުރިއަށް ގެންދާތީ ޕެރިހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީރާނުން ވަނީ އެ ޤައުމުގައި ހުރި ޔުރޭނިޔަމް 20 އިންސައްތައަށް މުއްސަނދިކޮށްފައެވެ. އެހެނަސް އީރާނުން ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގްރާމެކެވެ. އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ 2015ވަނަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް ޠަހަރާނުން ޢަމަލު ކުރަން ފަށާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް