ވިހި އަހަރަށްފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނު ބިމުން ފައިބާ ނިމިއްޖެއެވެ.
އެމެރިކާގެ މަރްކަޒީ އަމުރުވެރިކަމުގެ ކޮމާންޑަރު ފްރޭންކް މެކެންޒީ ރޭ ނޫސްވެރީންނާ ބައްދަލު ކުރައްވާ ވިދާޅުވިއެވެ. "މި ކަމުގައި ކޮންމެވެސް ވަރެއްގެ ހިތާމަކުރުންތަކަކާއި ހިތްދަތިކަމެއް ވެއެވެ. އަހަރެމެން ބޭނުން އެންމެން ބޭރަކަށް ނުގެންދެވުނެވެ." އޭނާ ވިދާޅުވިއެވެ. "އިތުރު 10 ދުވަހު ތިއްބަސް އެ އެންމެންނެއް ނުނެރެވޭނެއެވެ." އޭނާ ހާމަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގައި ހުންނެވި އެމެރިކާގެ ސަފީރު ރޮސް ވިލްސަން ފުރާވަޑައިގަތީ ރޭ އެންމެ ފަހު ބޯޓުގައެވެ.
މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވައިޓްހައުސްގެ ތަރްޖަމާނު ޖީން ސާކީ ވިދާޅުވިއެވެ. "ކަނޑައަޅުއްވާފައި ތާރީޚުގައި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަކީ ރައީސް ޖޯ ބައިޑްން ވަރަށް ބޮޑަށް އިސްކަން ދެއްވި ކަމެކެވެ." އޭނާ ވިދާޅުވިގޮތުގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މިހާރު ދަނީ ބެލެމުންނެވެ. އެއީ "ވަރަށް މަދު ބައެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
ސާކީ ވިދާޅުވިގޮތުގައި އަފްޣާނިސްތާނުން އެމެރިކާ ޕާސްޕޯޓުގައި ހަ ހާސް މީހުން ބޭރަށް ގެންދެވުނެވެ. އޭނާ ވިދާޅުވިއެވެ. "އޮގަސްޓް 31ގެ ފަހުން، އަފްޣާނިސްތާނުގައި އަހުރެމެންގެ ދާއިމީ ވުޖޫދެއް ދެނެއް ނޯންނާނެއެވެ. އަފްޣާނިސްތާނުން ބޭރަށް ދާން އެދޭ މީހުން ބޭރަށް ގެންދިޔުމަށް ޓަކައި އެމެރިކާއިން އެހީވާނެއެވެ. މި ކަމަށް ޓަކައި ރަސްމީ އަދި ނުރަސްމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާކު އެމެރިކާއިން މަސައްކަތް ކުރާނެއެވެ."



advertisment