Support Us

2018ވަނަ އަހަރުގެ އެއްބަސްވުމުން އެމެރިކާ ވަނީ ބޭރުވެފައި

އީރާނާއެކު ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އައު އެއްބަސްވުމެއް އެމެރިކާއިން ތައްޔާރު ކުރަނީ

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ވިއެނާގައި މިހާރު ބޭއްވެމުންދާ ވާހަކަދެއްކުންތައް ނިމުމުން އީރާނުގެ ނިޔުކްލިއަރ ފައިލާގޮތުން މިހާރަށްވުރެ ހަރުކަށި އައު އެއްބަސްވުމެއް ތައްޔާރު ކުރުމަށް އެމެރިކާއިން މަސައްކަތް ފަށާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން އިސްރާއީލުން އެމެރިކާއާއި ރަޝިއާއާ ގުޅުއްވާ މަންދޫބު ހާމަކުރެއްވި ގޮތުގައި މި އައު އެއްބަސްވުމުގައި ޠަހަރާނުގެ މައްޗަށް ވޮޝިންގްޓަނުން ކުރާ ޝަރްޠުތައް މާ ހަރުކަށިވެފައި ގަދަފަދަ ވާނެއެވެ. އޭނާ ހާމަ ކުރެއްވި ގޮތުގައި އެމެރިކާއިން މި މަސައްކަތް ފަށާނީ މިހާރު ބޭއްވެމުންދާ ވާހަކަދެއްކުންތައް ނިމި ބައު މުޢާހަދާއަށް އަނބުރާ ދިޔުމަށް އެއްބަސްވުމުންނެވެ. އިސްރާއީލުން މަސައްކަތް ކުރަނީ އެމެރިކާގެ ކުރީގެ ސަރުކާރުން އީރާނާ ދެކޮޅަށް އަޅާފައިވާ ގިނަ ޢުޤޫބާތްތައް ދެމެހެއްޓޭތޯއެވެ.

އައު މުޢާހަދާއެއް

އިސްރާއީލުގެ މަސްއޫލުވެރިއަކާ ޙަވާލާދީ އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ "ހާއާރްތިޒް" ބުނާގޮތުގައި ވިއެނާގައި މިހާރު ބޭއްވެމުންދާ ވާހަކަދެއްކުންތަކަށް ނުފޫޒު ފޯރުވުމުގެ ބާރު އިސްރާއީލަށް ލިބިގެނެއް ނުވެއެވެ. މިހާރުގެ ވާހަކަ ދެއްކުންތައް ނިމޭނީ ބައު މުޢާހަދާއަށް އަނބުރާ ރުޖޫޢާވުމާ ހަމައަށެވެ. އެހެނަސް މި މަސްއޫލުވެރިއާ އިޝާރާތް ކުރައްވާ ގޮތުގައި އެމެރިކާއިން އަމާޒުކޮށްފައި ވަނީ މިހާރުގެ ވާހަކަ ދެއްކުންތައް ނިމުމުން ނުވަ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެ އައު އެއްބަސްވުމެއް އެކުލަވައިލުމަށެވެ. މި މަސްއޫލުވެރިއާ ވިދާޅުވިއެވެ. "އެމެރިކާއިން އިސްރާއީލަށް ޚަބަރު ދޭގޮތުގައި މި އައު އެއްބަސްވުން މާ ހަރުކަށި ވާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް ނެތިގެންދާނެއެވެ."

މި މަސްއޫލުވެރިއާ ވިދާޅުވާގޮތުގައި މި އައު އެއްބަސްވުމާ އީރާނުން ޚިލާފުވެއްޖެނަމަ އީރާނާ ދެކޮޅަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން ފިޔަވަޅު އަޅާނެއެވެ. މީގެ ތިން އަހަރު ކުރިން އެމެރިކާއިން އެކަނިމާއެކަނި ފިޔަވަޅު އެޅިގޮތަށެވެ.

އިސްރާއީލުގެ މި މަސްއޫލުވެރިއާ ވިދާޅުވާގޮތުގައި ތައްލު އަބީބުން މަސައްކަތް ކުރަނީ އީރާނުން އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު ކުރިއަށް ގެންދާނަމަ އީރާނަށް ޙަމަލާ ދެވޭނެކަމުގެ އިންޒާރު މި އައު އެއްބަސްވުމުގައި ޝާމިލު ކުރެވޭތޯއެވެ. ނަމަވެސް އެމެރިކާގެ ޑިޕްލޮމެޓުން ވިދާޅުވާގޮތުގައި މިއީ ވަރަށް ދުރު ކަމެކެވެ. އެމެރިކާއިން އެއްވެސް ޙާލެއްގައި ޢަސްކަރީ ކުރިމަތިލުމަކަށް ދާން ބޭނުމެއް ނުވެއެވެ.

އިސްރާއީލުން މަސައްކަތް ކުރަނީ އެމެރިކާއިން މި އެއްބަސްވުމުގައި ސޮއިކުރާތީ އިސްރާއީލުގެ ޢަސްކަރީ ޤާބިލުކަން މިހާރަށްވުރެ ވަރުގަދަކޮށްދިނުމަށް ވޮޝިންގްޓަނުން ޖާމިނުވުން ލިބޭތޯއެވެ. އިސްރާއީލުގެ ރައީސް ރެފްލީން ރައީސް ބައިޑްނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އިސްރާއީލުން ބޭނުން ވަނީ ޙަމާސާއި އިސްރާއީލާ އިދިކޮޅު އެންމެހާ ޖަމާޢަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އިސްރާއީލުގެ އަތުގައި އޮތުމުގެ އިތުރަށް އެ ފަދަ ފިޔަވަޅުތައް އެޅުމުގެ ހުއްދަ އިސްރާއީލަށް ލިބިދޭ އެއްބަސްވުމަކަށް މި އެއްބަސްވުން ވުމަށެވެ. އިސްރާއީލު ބުނާގޮތުގައި އީރާނުން މި އެއްބަސްވުމާ ޚިލާފު ނުވެއްޖެނަމަ 2031ގައި އީރާނަށް ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުގެ ބާރާއި ހުއްދަ އީރާނަށް ލިބޭނެއެވެ.

މި ދިޔަ ހަފުތާގައި އީރާނުން ހާމަކުރިގޮތުގައި ވިއެނާ ވާހަކަދެއްކުންތަކުގައި ބައިވެރިވާ ވަފުދުތައް މިހާރު ވަނީ ޤައުމަށް އެނބުރި ރުޖޫޢަވެފައެވެ. އެއީ އެންމެ ފަހު ނިންމުންތަކާ ބެހޭގޮތުން އެ ޤައުމުތަކުގެ ވެރީންނާ މަޝްވަރާ ކުރުމަށެވެ.

އީރާނުގެ ވަފްދުގެ ރައީސް ޢައްބާސް ޢިރާޤުޖީ ނޫހަށް ދެއްވި ބަޔާނެއްގައި އައިސްފައި ވެއެވެ. "ވާހަކަ ދެއްކުންތައް ހުއްޓާލެވުނީ ހައެއްކަ އަށެއްކަ ދުވަހަށެވެ. އެއީ މަޝްވަރާތައް ކުރުމަށާއި ޤަރާރުތައް ކަނޑައެޅުމަށް ޓަކައެވެ. އޭނާ ވިދާޅުވިގޮތުގައި ވަފްދުތައް ވިއެނާއަށް އެނބުރި އަންނާނެ ދުވަހެއް ކަނޑައަޅުއްވާ ވިދާޅުވަން އެނގިވަޑައެއް ނުގަންނަވައެވެ. އޭނާ ހާމަކުރެއްވިގޮތުގައި ހުރިހާ ލިޔުންތަކެއް މިހާރު ހުރީ ތައްޔާރު ކުރެވިފައެވެ. ދެބަސްވުންތަކަށް ފަސްއެޅުން އޮތީ އީރާނު ފަޅީގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ."

އީރާނުގެ ރަސްމީ ނޫސް އޭޖެންސީ ބުނާގޮތުގައި ޚިޔާލު ތަފާތު ބޮޑެތި އެތައް މަސްއަލަތަކެއް މިހާރު ވަނީ ޙައްލު ކުރެވިފައެވެ. މި ނޫސް އޭޖެންސީ ބުނާގޮތުގައި ދެބަސްވުން ހުރި މަސްއަލަތައް ވަރަށް ސާފެވެ. ވާހަކަދެއްކުމުގެ މައިދާން ވަރަށް ފުޅައުކަމަށާއި ލަފާކުރެވޭ އެއްބަސްވުމާ ހަމައަށް ދިޔުމަށް މަގު ކޮށިފައިވާ ކަމަށް މި ނޫސް އޭޖެންސީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *