މެލޭޝިއާގެ ބޮޑުވަޒީރު ތާން ސްރީ މުޙުޔިއްދީނަށް ބޭރަށް ހިންގުން ޖެހިވަޑައިގެން މިއަދު ހެނދުނު ހޮސްޕިޓަލްގައި ބާއްވައިފިއެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި ބޭއްވީ އިއްޔެއިންސުރެ ބޭއްރަށްހިންގުން ޖެހިވަޑައިގެން އާލަސްކަންފުޅާ އުޅުއްވާތީއެވެ.
މިއަދު ހެނދުނު ބޮޑުވަޒީރުގެ އޮފީން ޢާންމުކުރި ކުރު ބަޔާނެއްގައިވާ ގޮތުން ބޮޑުވަޒީރު މިއަދު ހެނދުނު ވަނީ ހޮސްޕިޓަލުގައި ބާއްވައިފައެވެ. "އިއްޔެއިން ފެށިގެން ބޭރަށްހިންގުން ޖެހިވަޑައިގެން މިއަދު ހެނދުނު ވަނީ ހޮސްޕިޓަލުގައި ވެޑުވިފައެވެ." އެ މަނިކުފާނުގެ ޙާލުކޮޅު ދިރާސާކޮށް އިތުރު ފަރުވާ އެރުވުމުގެ މަސައްކަތް ހޮސްޕިޓަލުން ގެންދަނީ ކުރަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑުވަޒީރު ހޮސްޕިޓަލުގައި އޮންނަވާން ޖެހިވަޑައިގަތަސް ޙާލުކޮޅު ސީރިއަހެއް ނޫނެވެ. ހޮސްޕިޓަލުގައި ބޭއްވީ ޙާލުކޮޅު ތަޙުލީކޮށް އިތުރު ފަރުވާ އެރުވުމަށް ޓަކައެވެ. (ނިއު ސްޓްރެއިޓްސް ޓައިމްސް)



advertisment