...

Support Us

އެމެރިކާ–ރަޝިޔާ ގުޅުންތައް އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފައި: ޕޫޓިން

މި ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ ރަޝިޔާ ސަމިޓްގެ ކުރިން ރައީސް  ޕޫޓިން އެން.ބީ.ސީ ނިވްޒް އަށް އެ ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ބަޔާނެއް ދެއްވައިފިއެވެ. ރައީސް ޕޫޓިން ސިފަ ކުރެއްވި ގޮތުގައި "އެމެރިކާ – ރަޝިޔާ ގުޅުންތައް މިވަގުތު އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފައެވެ. މީގެ ކުރިން ދުވަހަކު ވެސް ނުބައި ނުވާ މިންވަރަށް މި ގުޅުންތައް ވަނީ ނުބައިވެފައެވެ."

މި ދިޔަ ހުކުރު ދުވަހު ރައީސް ޕޫޓިން މި ދެއްވި ބަސްދީގަތުމުގައި ވިދާޅުވިގޮތުގައި "އޭނާއަކީ ޤާތިލެއް ކަމަށް ރައީސް ބައިޑްން ސިފަކުރެއްވި ކުރެއްވުމުން އޭނާ ކަންބޮޑުވެ ވަޑައެއް ނުގަންނަވައެވެ. ޕޫޓިން ވިދާޅުވިއެވެ. "މިފަދަ ތުހްމަތުތައް އަހަރެން ވަނީ އަޑުއަހާފައި. މިއީ އެކަމާމެދު ކަންބޮޑުވެ ހާސްވާ ކަމެއްނޫން."

ރަޝިޔާގެ ފަންނިއްޔާތު އީރާނަށް ދިނުން

އެމެރިކާގެ މި ނޫސް ވިއުގައަށް ދެއްވި މި ބަޔާން ބުނާގޮތުގައި ރަޝިޔާއިން ހެދި ހަނދުގެ ފަންނިއްޔާތުތައް އީރާނަށް ދޭ ވާހަކައަކީ އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމެއްނޫނެވެ. "މަށަށް އެނގެނީ މަށަށް ނޭނގި އެފަދަ ކަމެއް ނުހިގާނެ ކަން" އެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ

މި އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާ- ރަޝިޔާ ސަމިޓަށް ޓަކައި ސްވިޒަރލޭންޑުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ސުވިސް ދިފާޢީ ވުޒާރާ ބުނާގޮތުގައި "ޖެނީވާގެ އދ މައިދާން މަތިން ވައިގެ ދަތުރުފަތުރުތައް ކުރުން ހުއްޓުވޭނެއެވެ. ވައިގެ ދަތުރުތައް މަނާވާނީ އަންގާރަ ދުވަހު ހެނދުނު 6:00 ން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އާ ހަމައަށެވެ. އެހެނަސް ޤަވާޢިދުން ކުރަން ތާވަލު ކުރެވިފައިވާ ވިޔާފާރި ދަތުރުތައް އިސްތިސްނާ ވާނެއެވެ.

ސުވިސް ދިފާޢީ ވުޒާރާ ބުނާގޮތުގައި ޖެނީވާ ސަރަޙައްދުގެ ފުލުހުންނަށް އެހީވުމަށް ޓަކައި އެއް ހާސް ސިފައިން އެ ސަރަޙައްދަށް ފޮނުވޭނެއެވެ. މި ބާރުގެ ޒިންމާއަކަށް ވާނީ ބޭރުގެ ވަފްދުތަކުގެ ބޭފުޅުން ޙިމާޔަތް ކުރުމެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޚާޢްޞަ ޙިމާޔަތް އަރުވަން ޖެހޭ ބޭފުޅުންނަށް ބޭނުންފުޅުވާ ޙިމާޔަތް ޖާމިނުކޮށް ދިނުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސްވިސް އިދާރިއްޔަތުން އަޅާނެ ކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ.

ބައިޑްންގެ ރޭވުން

ވައިޓް ހައުސް ބުނާގޮތުގައި ރައީސް ބައިޑްން މި ސަމިޓަށް ޓަކައި ވަނީ ވަރަށް ގިނަ މަސްއަލަތަކަކަށް ތައްޔާރުވެ ވަޑައިގެންފައެވެ. އޭގެތެރޭގައި ހަތިޔާރު މަދުކޮށް ކޮންޓްރޯލް ކުރުމާއި، އިންސާނީ ޙައްޤުތަކާއި، ޔުކްރޭންގެ މަސްއަލަ ވެއެވެ.

ކްރެމްލިން ބުނާގޮތުގައި "މި ބައްދަލުވުމުގައި ރަޝިއާ– އެމެރިކާ ގުޅުންތައް ތަރައްޤީކުރުމާ ބެހޭ އުދަރެހާއި އިސްތިރާތީޖީ ހަމަޖެހުމާ ބެހޭ މަސްއަލަތަކާމެދު ބަޙުސްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރަށް ކޮރޯނާ ޖާއިޙާއާ ދެކޮޅަށް އެއްބާރުލުމުގެ މަސްއަލައާއި ސަރަޙައްދީ އެތައްއެތައް އަރާރުންތަކަކާ މެދު މަޝްވަރާ ކުރެވޭނެއެވެ."

ޓްރަމްޕް ބޭއްވެވި ސަމިޓް ކާމިޔާބު

އަނެއްކޮޅުން ބަލާއިރު މި ސަމިޓްގައި ބައިޑްނަށް ތައުފީޤު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް ޓްރަމްޕް ވަނީ ވިދާޅުފައެވެ. އޭނާ ވިދާޅުވިއެވެ. "ޕޫޓިނާއެކު މުޢާމަލާތު ކުރެއްވުމުގައި ބައިޑްނަށް ރަނގަޅު ނަސީބެއް ލެއްވުމަށް އެދެމެވެ. އަހުރެންގެ ހޫނު ވެދުން ރައީސް ޕޫޓިނަށް ދެންނެވުން އެދެމެވެ."

ޓްރަމްޕް ހާމަކުރެއްވިގޮތުގައި އޭނާ ހެލްސިންކީގައި ޕޫޓިނާއެކު ބޭއްވެވި ބައްދަލުވުމަކީ ވަރަށް މަތިވަރު ރަނގަޅު، ފޮނި މޭވާތަކެއް ގަތް ބައްދަލުވުމެކެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ ފުލޯކު މީޑިއާތަކުން އެ ބައްދަލުވުން އެހެން ގޮތަކަށް ސިފަކުރިއަސް އެ ބައްދަލުވުމުގައި ވަނީ އެމެރިކާއަށް އެތައް ކާމިޔާބީތަކެއް ލިބިފައެވެ. ޕޫޓިނާއި ރަޝިއާގެ އިޙްތިރާމު ވަނީ އެމެރިކާއަށް ލިބިފައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.