Support Us

ހަނގުރާމަ އަލުން ފެށިދާނެތީ އިސްރާއީލު ސިފައިން ތައްޔާރުވާން ފަށައިފި

ޣައްޒާގައި ވަރަށް އަވަހަށް އަލުން ހަނގުރާމަ ފެށިދާނެ ކަމަށް އިސްރާއީލުގެ ޢަސްކަރިއްޔާއިން ނިމުތުކޮށްފިއެވެ.

ހާއާރްތިސް ދުވަހު ނޫހުގެ ރިޕޯޓަރު ޔާނީފު ކޯވޯވިޗް ބުރާސްފަތި ދުވަހު ރިޕޯޓް ކުރިގޮތުގައި 12 ދުވަހުގެ ހަނގުރާމައަށްފަހު އިސްރާއީލުގެ ޢަސްކަރިއްޔާއަށް ވަނީ ޙަމާސް "މައިތިރި" ކުރެވުނު މިންވަރު ކަނޑައަޅަން ނޭނގިފައެވެ.

އިސްރާއީލުގެ ސިޔާސީ ބޭފުޅުން ޙަމާސް ޖަމާޢަތް "މައިތިރި ކުރެވިއްޖެ" ކަމަށް ވިދާޅުވިޔަސް އިސްރާއީލުގެ ޢަސްކަރިއްޔާގެ މަތީ ދަރަޖައިގެ މަސްއޫލުވެރީންގެ މެދުގައި ޙަމާސް "ގިއްގަޅުވައިލެވުނު" މިންވަރު ކަނޑައެޅުމުގެ މަސްއަލައިގައި އަދިވެސް ދަނީ ހޫނު ބަޙުސްތަކެއް ހިނގަމުން ކަމަށް ރިޕޯޓަރުން ބުނެއެވެ.

އިސްރާއީލުގެ ވެބް ޞަފްޙާއެއް ކަމުގައިވާ "އަރަބިން 48″ ބުނާގޮތުގައި ޣައްޒާ ހަނގުރާމައިގައި ޣައްޒާއަށް ލިބުނު ގެއްލުންތަކަކީ ކޮބައިކަން އަދި ވެސް ކަނޑައެއް ނޭޅެއެވެ.

އިސްރާއީލުގެ ޢަސްކަރިއްޔާގެ ޢަސްކަރީ ޖާސޫސީގެ ގޮފި "އަމާން" ބުނާގޮތުގައި ފަލަސްޠީނުގެ މުޤާވަމާ ޖަމާޢަތްތަކުގެ ރޮކެޓް ނިޒާމުތަކަށް ދެވުނު  ގެއްލުމުގެ މިންވަރަކީ ގާތްގަނޑަކަށް 10 އިންސައްތަ އެވެ. މި ވެބް ޞަފްޙާ ބުނާގޮތުގައި ޙަމާސް އަތުގައި ތަފާތު ރާސްތާތަކުގެ އެތައް ހާސް ރޮކެޓެއް އެބަހުއްޓެވެ.

ހާއާރްތިސްގެ ޢަސްކަރީ ރިޕޯޓަރު އިސްރާއީލު ސިފައިންގެ ޖާސޫސީ ގޮތްޕާ ޙަވާލާދީ ބުނާގޮތުގައި "އިސްރާއީލުން ވަނީ ޓެކްޓިކަލް ފުރިހަމަ ކާމިޔާބީއެއް" ޙާޞިލުކޮށްފައެވެ. އަދި "އިސްރާއީލުން ވަނީ ޢަމަލީ ގޮތުން ހަނގުރާމަ އިސްރާއީލާ އެއްކޮޅަށް ނިންމައިފައެވެ."

އިސްރާއީލުގެ ޢަސްކަރީ މުއައްސަސާ ބުނާގޮތުގައި ފުޅައު ދާއިރާއެއްގައި ވަޔާއި ކަނޑާއި އެއްގަމުން ޙަމާސުން އިސްރާއީލަށް ދޭން އުޅުނު ހުރިހާ ޙަމަލާތަކެއް ވާނީ ނާކާމިޔާބުކޮށްލައިފައެވެ. ޙަމާސުން ހޯދަން  އުޅުނު އެއްވެސް ނަޞްރެއް އެ ޖަމާޢަތަށް ޙާޞިލުކުރެވިފައި ނުވާ ކަމަށް އިސްރާއީލު ސިފައިންގެ މުއައްސަސާއިން ބުންޏެވެ.

ނަމަވެސް ރިޕޯޓަރުން ބުނާގޮތުގައި އިސްރާއީލުން މި ދަޢުވާ ކުރާ ނަޞްރާ މެދު ސުވާލު އުފެދެއެވެ. އިސްރާއީލު އެ ބުނާ ގޮތަށް ހަނގުރާމައިގެ ހުރިހާ އޮޕަރެޝަންތަކެއް ނިންމާލެވިފައިވާއިރު ޙަމާސަށް އަލުން ޙަމަލާތައް ދިނުމުގެ ޤާބިލުކަން ލިބިފައި އޮތީ ކީއްވެގެން ހެއްޔެވެ؟ ޙަމާސް ޖަމާޢާތުގެ ގިނަ ވެރިން ދުނިޔޭގައި އަދިވެސް އެބަ ތިއްބެވިނޫން ހެއްޔެވެ؟

އަސީރުންގެ މަސްއަލަ

އިސްރާއީލުގެ ޢަސްކަރީ ޖާސޫސީ އިދާރާއާ ޙަވަލާދީ ހާ އާރްތިސް ދުވަހު ނޫސް ބުނާގޮތުގައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމުގައި އިސްރާއީލުގެ "އަސީރުންގެ ފައިލް" ބޭނުންކުރައްވާނެ ކަމަށް އިސްރާއީލުގެ ސިޔާސީ ވެރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު ފެންނަމުންދަނީ މުޅިން އެހެން މަންޒަރެކެވެ. އެމެރިކާއާއި ގަލްފްގެ ޤައުމުތަކުންނާއި މިޞްރުން ބުނާގޮތުގައި ޣައްޒާ އާރާސްތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެއެވެ. މި އެހީ ދެވޭނީ އެ ޤައުމުތަކުން ބުނާގޮތުގައި އދ މެދުވެރިކޮށް ފަލަސްޠީނު ސަރުކާރަށެވެ. މި ޤައުމުތަކުން އަސީރުންގެ ފައިލްގެ ވާހަކައެއް ނުދައްކައެވެ. ހާ އާރްތިސް ބުނާގޮތުގައި އިސްރާއީލުގެ އަސީރުން އިސްރާއީލަށް ލިބޭނީ އިސްރާއީލުގައި ތިބި ޙަމާސްއާއި ފަލަސްޠީނުގެ އަސީރުންގެ އެމީހުންނަށް ދީގެންނެވެ. އިސްރާއީލުގެ ރިޕޯޓަރުން ބުނާގޮތުގައި ޣައްޒާގެ ރައްޔިތުން ހިތްހަމަޖެއްސުމަށް ޓަކައި ފަލަސްޠީނުގެ އަސީރުންގެ މަސްއަލައަށް ވެސް އިސްކަންދޭން ޖެހޭނެއެވެ.

ޙަމާސް ޙަރަކާތް

އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫސް ހާ އާރްތިސް ބުނާގޮތުގައި ހަނގުރާމައިގެ ފުރަތަމަ ބުރު މި ނިމުނުއިރު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ޙަމާސަށް  މިވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. އެމީހުން މިވަނީ އިސްރާއީލަށް ފިއްތާނެ ކަރުދާސްތަކެއް ހޯދައިފައެވެ. މިޞްރުގެ ބެލުމުގެ ދަށުން ބޭއްވޭ ވާހަކަ ދެއްކުންތަކުގައި މި ކަރުދާސްތަކުގެ ބޭނުން ޙަމާސުން ކުރާނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަހްރަނޫތު ބުނާގޮތުގައި އިސްރާއީލުގެ ދިފާޢީ ވަޒީރު ބަނީ ގެންޓްސް އިސްރާއީލުގެ ޗީފް އޮފް ސަޓާފް އަފީފު ކޯޚާވީގެ މަޤަމުގެ މުއްދަތު އިތުރު އަހަރަކަށް މިއަދު އިތުރު ކޮށްދެއްވައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *