Support Us

ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން ހުއްޓައިލާން މިޔަންމާއަށް ގޮވައިލައިފި

ސިންގަޕޫރު: ފުރާނައަށް ނުރައްކާ ވެދާފަދަ ބާރުގަދަ (ލީތަލް) ހަތިޔާރާއި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން މަދަނީންނާ ދެކޮޅަށް ނުކުރުމަށާއި ދައުލަތުގެ ކައުންސެލާރ އައުންގ ސަން ސުއު ކީ އާއި އެހެންވެސް ސިޔާސީ ޤައިދީން ވަގުދުން ދޫކޮށްލާން މިޔަންމާރުގެ އަސްރީ ވެރީންނަށް ސިންގަޕޫރުން ގޮވައިލައްވައިފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނާ ގޮތުގައި، މިޔަންމާރުގެ ބަޣާވާތީ ސިފައިންނާ ދެކޮޅަށް އާދީއްތަ ދުވަހު ރައްޔިތުން ކުރި މުޒާހަރާ މައިތިރިކުރުމަށް ޓަކައި މިޔަންމާރުގެ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަދުވެގެން 18 ވަރަކަށް މަދަނީން ވަނީ މަރުވެފައެވެ.

ސިންގަޕޫރުގެ ޚާރިޖީ ވުޒާރާގެ ސަޕްލައި ކޮމިޓީގެ ބަހުސެއްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވީވިއަން ބާލާކްރިޝްނާން ވިދާޅުވި ގޮތުގައި މިޔަންމާރުގައި ފަހަކަށް އައިސް ހިނގަމުން އަންނަ ކަންތައްތަކަކީ ސިންގަޕޫރާއި ދެކުނުއިރުމަތީ އޭޝިއާގެ ޤާއުމުތަކުގެ ޖަމުޢިއްޔާ (އާސިއާން)ގެ ޢައިލާއަށް ވެސް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބޭ ކަމެކެވެ.

"ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ޓަކައި، ޙާލަތާ ނުބައްދަލު ބާރަުގެ ބޭޏުންކުރުމާއި ޤާނޫނާ ޚިލާފު ކަންތައްތައް ވަގުތުންވަގުތަށް ހުއްޓައިލާން އިސްކަމެއް ދޭންޖެހެއެވެ." ޑރ. ބާލާކްރިޝްނާން ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިޔަންމާރުގެ ހުރިހާ ސިޓީތަކެއްގައި ވެސް "ފާހަގަކުރެވޭ ވަރަށް ޙާލަތު އިތުރަށް ވަނީ ގޯސްވެފައެވެ."

"ސަލާމަތީ ބާޜުތަކުން އަޞްލު ވަޒަނާއި ރަބަރު އުންޑައާއި އަތުބޮމާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މިޔަންމަރުގައި ވަނީ އަސްކަރީ ބަޣާވާތެއް ގެނެސް އެ ޤައުމުގެ އިންތިޚާބީ ވެރީން ހައްޔަރުކޮށް އަސްކަރީ ވެރިކަމެއް ވަނީ ހިންގާން ފަށައިފައެވެ. (ޗެނެލް ނިއުސް އޭޝިއާ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *