Support Us

މާސް އަށް 110 މީހުންގެ އާބާދީއެއް

ދުނިޔެ ނޫން އެހެން ތަނެއްގައި އާބާދުވުމަށް ޝައުގުވެރިވާ މީހުން ދޭތެރެ ދޭތެެއިން ކެކިގަނެ އެވެ. އެ މީހުންނަށް އެންމެ ޚިޔާލީ ތަނަކީ މާސް އެވެ. މާސްގައި އިންސާނުން އާބާދުކުރުމަށް ޚަރަދުކުރަން އެދޭ މީހުން ބުނާ ގޮތުގައި، ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް، ވިސްނުމަކީ އިންސާނީ ދަރިފަސްކޮޅު މާސްގެ ބިމުގައި ގޮވާންކުރުމެވެ.

މާސްގައި އިންސާނުން އާބާދުވެ ގަބީލާ ހެދުމަށް މަދުވެގެން 110 މީހުން ބޭނުންވެ އެވެ. މިއީ މީގެ ހައެއްކަ އަހަރު ކުރީއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. މާސްގައި ދިރިއުޅުމަށްޓަކައި އޭހާ ގިނަ މީހުން ގެންދަންޖެހޭ ސަބަބަކީ – އެ މީޙުން ބުނާ ގޮތުގައި، މާސްގައި ހުރި އެއްޗަކުން ދިރިއުޅުމުގެ އަސާސްތައް ފުރިހަމަކުރުމެވެ.

ދުނިޔޭގައި އިންސާނުން މި އުޅެނީ ހޮހަޅައިން ފެށިގެންނެވެ. ދިރިއުޅުމެގެ ޒަރޫރަތްތަކަށް، ބުއްދި އާއި ޖާނުން ހައްލު ހޯދަމުންނެވެ. މިއީ ސައިންސްވެރިން ދެކޭ ގޮތުގައި މާސްގައި އާބާދުވާއިރު ކަން ހިނގައިދާނެ ގޮތުގެ ތަސައްވުރެކެވެ.

ދުނިޔެއިން އިންސާނުން އުފުލައި މާސް އަށް ގެންގޮސް، ކާބޯ ތަކެއްޗާއި އަންނައުނު ސަޕްލައިކުރުމަކީ އަދި ހަމައެކަނި ޚިޔާލެކެވެ. މި ވިސްނުމުގައި އަމަލީ ސިފަޖައްސާނެ އިންޖިނޭރިން އަދި ދުނިޔޭގައި ވެސް ނެތެވެ. އެހެންކަމުން، ބަޔަކު ބޭނުންވާހާ އަވަހަށް އިންސާނުން މާސްގައި އާބާދުކުރުވާ ނަމަ އޮތް ގޮތަކީ އިންސާނުން ގަނޑުކޮށް އުފުލުމެވެ. އަދި ފުރަތަމަ ދެވޭ ބަޔަކު މަރުވެ ހުސްވުމުގެ ކުރިން އެހެން ބަޔަކު ގެންދިއުމެވެ. އެއީ ކުރިން ދިޔަ މީހުންނަށް ފުރިހަމަނުކުރެވި ހުރި މަސައްކަތްތައް އަވަސްކޮށް އަސާސީ ދިރިއުޅުމެއް ފަށައިގަތުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް