Support Us

ދެ ދުވަހުގެ ތެރޭގައި 16 ސަފީރަކު ފަތްކޮޅު އަރުއްވައިފި

ސޯޅަ ގައުމަކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފިއެވެ. އިއްޔެ އާއި މިއަދު ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތުތައް އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، އެމްއެންޑީއެފްގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެ ބޭފުޅުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ. އަދި ކޮންމެ ސަފީރަކާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވި 16 ބޭފުޅުން:

  1. ނެމީބިއާގެ ސަފީރު، އެލެކްސް އެލް. ޓުކުހުޕްވެލޭ
  2. ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަރނާންޑޭޒް
  3. ކިއުބާގެ ސަފީރު، ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ
  4. ޤަޠަރުގެ ސަފީރު، ޙަމަދު މުޙައްމަދު ޢަބްދުﷲ އަލްސަނަދު އަލްދައުސަރީ
  5. ފީޖީގެ ސަފީރު، ޖަގަންނާތު ސާމީ
  6. ކޮސޯވޯ ސަފީރު، ލޫލްޒީމް ޕްލާނާ
  7. ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާގެ ސަފީރު، ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އޮޑަވާ
  8. ސްލޮވޭނިއާގެ ސަފީރު، ތޮމާޝް މެންސިން
  9. ޕޯޗުގަލްގެ ސަފީރު، ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ
  10. ކިންގްޑަމް އޮފް ބޫޓާނުގެ ސަފީރު، ޑަޝޯ ކާރމަ ހަމު ޑޯރޖީ
  11. ކެނެޑާގެ ސަފީރު، އިޒަބެލް މެރީ ކެތެރިން މަރޓިން
  12. ރިޕަބްލިކް އޮފް އޮސްޓްރިއާގެ ސަފީރު، ޑރ. ރޮބަރޓް ޓްސީގް
  13. ބުރުކީނާ ފާސޯގެ ސަފީރު، ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ
  14. ރިޕަބްލިކް އޮފް ގާނާގެ ސަފީރު ޕްރޮފެސަރ ކުވޯސީ އޯބީރީ-ޑޮންސޯ
  15. ތުރުކުމަނިސްތާނުގެ ސަފީރު ޝަލާރް ގެލްޑެނަޒަރޮވް
  16. ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސްގެ ސަފީރު، ވިތާޔާ ޒަޔާވޮންގ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *