Support Us

"ޖީމެއިލް ގޯ" ހުރިހާ ފޯނުތަކަށް

"ޖީމެއިލް ގޯ" އަކީ ގޫގުލް އިން ހިންގާ ވަކި އެޖެންޑާއެކެވެ. މިއީ ޖީމެއިލްގެ ލުއި އަދަދެކެވެ. މި އެޕްލިކޭޝަން އަމާޒުކޮށްފައި ވަނީ ސްޕެސިފިކޭޝަން ދަށް ފޯނުތަކަށެވެ. މި ފޯނުތަކަށް ޚާއްސަ އޮޕަރޭޓިން ސިސްޓަމެއް ގޮތުގައި ގޫގުލް އިން ވަނީ އެންޑްރޮއިޑްގެ ބާރު ދަށްކޮށް، ވަކި އަދަދެއް ވެސް އުފައްދާފަ އެވެ.

ދުނިޔޭގައި އެންޑްރޮއިޑް ބަޖެޓް ފޯނުތައް ބޭނުންކުރާ އާބާދީތައް ގިނަ އެވެ. މައިގަނޑު ސަބަބަކީ ތަނަވަސްކަން ނެތުމެވެ. ދެވަނަ ސަބަބަކީ އިންޓަނެޓް ލިބެން ނެތުމެވެ. ނުވަތަ އިންޓަނެޓް ލިބޭ މިންވަރު ދަށްވުމެވެ.

މީގެ ކުރިން ވަކި ފޯނުތަކެއްގައި ބޭނުންކުރެވޭ ގޮތަށް ޖީމެއިލް ގޯ، ގޫގުލް އިން ދޫކޮށްފައި އޮތް އޮތުން މެދުކަނޑާލައި، ކޮންމެ އެންޑްރޮއިޑް ފޯނެއްގައި ބޭނުންކުރުމަށް ފުރުސަތު ދިން ނަމަވެސް، ބާރުގަދަ ފޯނުތަކުގައި އަދި ވެސް ބޭނުމެއް ނުކުރެވެ އެވެ. އެހެން ނަމަވެސް، މި އެޕްލިކޭޝަން މިހާރު ބޭނުންކުރެވޭ ފޯނުތައް އިހުނަށް ވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ.

ގޫގުލް އިން ޖީމެއިލްގައި ހިމަނާފައި ހުރި ހުރިހާ ފީޗާ އަކީ، ޖީމެއިލް ބޭނުންކުރާ ކޮންމެ ކޮންމެ މީހަކު ބޭނުންކުރާ ފީޗާތަކެއް ނޫނެވެ. މި ފަދަ ފީޗާތަކުގެ ސަބަބުން ބައެއް ފަހަރު ވާ ފަސޭހަ އަށް ވުރެ އުނދަގޫ ބޮޑުވެ އެވެ.

ޖީމެއިލް ބޭނުންކުރާ ގިނަ މީހުން މި އެޕްލިކޭޝަން ބޭނުންކުރަނީ އީމެއިލްގެ ފަސޭހަތަކަށެވެ. އެހެންކަމުން، ޖީމެއިލްގެ ފުރިހަމަ އަދަށް ވުރެ ލުއި އަދަދު، ޖީމެއިލް ގޯ – އީމެއިލްގެ ބޭނުންތަކަށް ފަސޭހަވާނެ އެވެ. މިއީ އަޖުމަބަލައިނުލައި ދޫކޮށްލާ ވަރުގެ އެޕްލިކޭޝަނެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!