Support Us

ވާވޭ މޭޓް 40 ލޯންޗްކުރުން އޮކްޓޫބަރު 22 ގައި

މިއީ ވާވޭ އަށް އުނދަގޫ އަހަރެކެވެ. އެމެރިކާ އާއި ބައިވެރިން ވާވޭ އަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން، ވާވޭ އަށް ވަނީ ހިރިލާން ވެސް ދަތިވެފަ އެވެ. އަނެއްކޮޅުން، ކޮރޯނާވައިރަހާ ހެދި ދުނިޔެ ބަންދުވެފައި އޮތްއިރު، އުފެއްދުންތެރިކަމެއް ހުރި އެކައްޗެއް ވެސް ދުނިޔެ އަށް ދަައްކާލެވޭ ވަރު ވާވޭ އަށް ވަނީ ނުވެފަ އެވެ. އެހެން ނަމަވެސް، އޮކްޓޫބަރު 22 ގައި، ވާވޭ މޭޓް 40 ލޯންޗްކުރެވޭތޯ ވާވޭ އިން އެބަ މަސައްކަތްކުރެ އެވެ.

ވާވޭ މޭޓް 40 އާ ބެހޭ ގޮތުން މީހުން ވާހަކަދައްކައި އުޅުނީ، މި އަހަރު އެ ފޯނު ނެރެވޭ ވަރު ނުވާނެ ކަމަށް ބުނެ އެވެ. މި ކަމަށް ދިން ރައްދެއް ގޮތުގައި ވާވޭ އިން ވަނީ މޭޓް 40 ނެރެން ބޭނުންވާ ދުވަސް ވެސް އާންމުކޮށްފަ އެވެ.

އޮކްޓޫބަރު 22 ގައި މޭޓް 40 ނެރުމަކީ ވާވޭ އަށް އޮތް ވާދަވެރިކަމެކެވެ. އެއީ އައިފޯން 12، އޮކްޓޫބަރު 13 ގައި ނެރެން ހަމަޖައްސާފައި ވާތީ އެވެ. ވާވޭ އިން ބޭނުންވަނީ މި ދެ ފޯނު ނެރޭ ތާރީޚް ވީހާވެސް ކައިރިވުމެވެ.

އައިފޯނަކީ ޗައިނާގައި ހިޓެކެވެ. ވާވޭ އަކީ ޗައިނާ އަމިއްލަ ކުންފުންޏެކެވެ. ޗައިނާ މީހުންނަކީ ވަތަނީ ބައެކެވެ. އެހެންކަމުން، އައިފޯނަށް ވުރެ ރަނގަޅު ނަތީޖާއެއް މޭޓް 40 އަށް ޗައިނާ އިން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވާވޭ މޭޓް 40 އެންމެ ފުރަތަމަ ނެރެން ހަމަޖައްސާފައި ވަނީ ވެސް ޗައިނާގަ އެވެ.

ވާވޭ މޭޓް 40 އާ ބެހޭ ގޮތުން ބުނެވެނީ ތިން މޮޑެލެއް ނެރޭނެ ކަމަށެވެ. އެއީ މޭޓް 40، މޭޓް 40 ޕްރޮ އަދި މޭޓް ޕްރޮ ޕްލަސް އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!