Support Us

އައިފޯން 12، އޮކްޓޫބަރު 13 ގައި – އުންމީދުކުރެވިދާނެ ކަންތައްތައް

އައިފޯން 12 މި މަހު ނެރޭނެކަން ކަށަވަރުވެއްޖެ އެވެ. އެޕަލް އިން ތާރީޚް ކަނޑައަޅައި، އޮކްޓޫބަރު 13 ގައި މި ހަފުލާ ބާއްވަން ހަމަޖައްސައިފި އެވެ. އެޕަލް ޕާކްގައި، ވާޗުއަލް އިވެންޓެއް ގޮތުގައި، ބާއްވާ މި ހަފުލާ އޮންލައިންކޮށް ސްޓްރީމްކުރާނެ އެވެ.

އެޕަލްގެ ޑިވައިސްތައް އާންމުކޮށް ދައްކާލަން ކޮންމެ އަހަރަކު ބާއްވާ ހަފުލާ އަށް މި އަހަރު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ކޮރޯނާވައިރަހާ ހެެދިި ދުނިޔެ ތަޅުލެވިފައި ވާތީ، ހަފުލާތައް ބާއްވަނީ ވާޗުއަލްކޮށް – މީހުން ނުވައްދަ އެވެ. ސެޕްޓެމްބަރު 15 ގައި ބޭއްވި ހަފުލާ ޚާއްސަކުރީ އެޕަލް ގަޑި އާއި އައިޕެޑަށެވެ. އަދި "އެޕަލް ފިޓްނަސް ޕްލަސް" އަދި "އެޕަލް ވަން" އާ ގުޅުން ހުރި ޚިދުމަތްތައް ވެސް އާންމުކުރި އެވެ.

އައިފޯން 12، މި މަހު 13ގައި އާންމުކޮށް ދައްކާލައި، ވިޔަފާރި ފަށައިގަތުމަށް އެޕަލް އިން ތައްޔަރުވަމުން އަންނަ އިރު، އެންމެން ޝާމިލްވާ ގޮތަށް އެޕަލް އިން ވަނީ ދައުވަތު ދީފަ އެވެ. މި ދައުވަތު ކާޑުގައި، ސީރީ ވާހަކަ ދައްކަމުން ދާއިރު ނިއުޅެމުންދާ ބޮޅުތައް ފިޔަވައި، ފޮރުވިފައިވާ މާނައެއް ދޭހަކުރެވިދާނެ ނިޝާނެއް ވެސް ނެތެވެ. އެހެން ނަމަވެސް، މި ހަފުލާ އަށް ޚާއްސަ ޓެގްލައިން "ހައި، ސްޕީޑް" – އެކި މީހުން ދަނީ އެކި ގޮތަށް މާނަކުރަމުންނެވެ.

އެޕަލް އިން އައިފޯން 12 ގައި 5ޖީ ޓެކްނޮލޮޖީ ގާއިމުކުރާނެ އެވެ. މި ކަމަށް ބޭނުންވާ މޯޑެމްތައް އެޕަލް އިން ވަނީ ކުރިއާލައި އުފައްދައިފަ އެވެ. އެހެންކަމުން، ދައުވަތު ކާޑުގައި "ސްޕީޑް"އާ ގުޅޭ ގޮތުން އިޝާރާތެއްކޮށްފައި އެ ވަނީ 5ޖީ ނެޓްވޯކްތަކަށް އައިފޯން 12 ފައްކާކޮށްފައި ވާތީ އެވެ.

އައިފޯން 12 ހިންގާނީ "އޭ14 ބަޔޮނިކް" ޗިޕަކުންނެވެ. މާނަ އަކީ، އައިފޯން 12 އަށް ވުރެ ސްޕީޑް ބާރު އެހެން އައިފޯނެއް، އަދި މިހާތަނަށް އުފައްދާފައި ނުވާ ކަމެވެ. އަދި އައިޕެޑް އާއިލާ އަށް ނުރައްކާކޮށްފާނެ މިންވަރަށް، އައިފޯން 12 އަށް ސްޕީޑް ނެގިދާނެ ކަމެވެ.

އެޕަލްގެ ވާޗުއަލް އެސިސްޓޭންޓް، ސިރީ ވާހަކަދައްކާއިރު، ނިއުޅެމުންދާ ބުރުތަކުގެ ތެރެއިން ދައުވަތު ކާޑުގައި ހިމަނާފައި ވާތީ ފެންނަނީ ހަތަރު ބުރެވެ. އެއީ އައިފޯން 12ގެ ހަތަރު މޮޑެލް ކަމަށް ބުނެވެ އެވެ. އެއީ "އައިފޯން 12 މިނީ؛ 5.4 އިންޗި"، "އައިފޯން 12: 6.1 އިންޗި"، އައިފޯން 12 ޕްރޮ: 6.1 އިންޗި" އަދި "އައިފޯން 12 ޕްރޮ މެކްސް: 6.7 އިންޗި އެވެ. އަދި މި ބުރުތައް ތަފާތު ކުލަތަކުން ފަވާފައި އެ ހުރީ އައިފޯން 12 އަށް އެ ކުލަތައް ޚާއްސަކުރެވިފައި ވާތީ ކަމަށް ވެސް ބުނެވެ އެވެ.

އައިފޯން 12ގެ ޑިސްޕްލޭ "ރީފްރެސް ރޭޓް 120 ހާޓްޒް" ކަމަށް ވެސް ބުނެވެ އެވެ. އައިފޯން 12 ގައި ހަތަރު މޮޑެލް ނެރެފި ނަމަ، މި ވާނީ އަގު ބޮޑު މޮޑެލްތަކަށް ޚާއްސަ ޓެކްނޮލޮޖީއަކަށެވެ. ޑިސްޕްލޭ ރީފްރެސް ރޭޓް މަތިވުމަކީ ފޯނު ބޭނުންކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމެކެވެ. މިހެން ކަން ވެއްޖެ ނަމަ، މިއީ ވެސް ސްޕީޑާ ގުޅުވައިގެން ވާހަކަ ދެއްކިދާނެ ފީޗާއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *