Support Us

ބްރެޒިލްގެ ސާއޮ ޕައުލޯ ޒުލުގައި މި ދިޔަ މަހު އުފަންވި ސްޕިކްސް މެކޯ، ބަޔޮލޮޖިސްޓް ފެރްނާންދާ ގީދާ އަންގާރަ ދުވަހު ދައްކައިލަނީ އަދި މި ބާވަތުގެ ބޮޑުވެފައިވައި ގުރައެއް

ޖަންގަލިތަކުން ހުސްވެފައިވައި ސްޕިކްސް މެކޯއަށް އާ ދިރުމެއް

ހަފުތާތަކެއްގެ ކެތްތެރިކަމެއް ނެތް އިންތިޒާރަކަށްފަހު ކުޑަކުޑަ ނޫ ކުލައިގެ ދޫންޏެއް އެންމެ ފަހުން ބިހުން ނުކުމެއްޖެއެވެ. ބްރެޒިލްގެ ސާއޮ ޕައުލޯ ސިޓީގެ ޒުލުގެ ބެލެހެއްޓުންތެރިންނަށް ފެނުނީ ހަމައެކަނި ދޫންޏެއް އުފަންވި ތަނެއް ނޫނެވެ. އެ މީހުންނަށް ފެނުނީ ޖަންގަލިތަކުގައި މިހާރު ނެތް ބާވަތެއްގެ ދޫންޏަކަށް ލިބުނު އުއްމީދެކެވެ.

މި އަންހެން ސްޕިކްސް މެކޯ އުފަންވީ މި ދިޔަ މަހުއެވެ. އެ ސޮރަކީ އެ ޒުލުގައި، އަދި މުޅި ބްރެޒިލްގައިވެސް ޒުލެއްގައި އުފަންވި ފުރަތަމަ ސްޕިކްސް މެކޯއެވެ. އެ ސޮރަށް ދިން ނަމަކީ "ހޯޕް" (ލަފުޒީ މާނައިން "އުއްމީދު")އެވެ. އެ ސޮރަކީ ދުނިޔޭގެ އެންމެ ނާދިރު ގުރާގެ ބާވަތްތަކުގެ ތެރެއިން ބާވަތެއްގެ އާބާދީ އަލުން އާލާކުރުމަށް އަމާޒުކޮށްގެން ހިންގާ ދަރިމައިކުރުމުގެ މަޝްރޫއެއްގެ ބައެކެވެ.

މި ބާވަތް ބްރެޒިލްގައި މަޝްހޫރުވެފައިވަނީ އަރަރީންޔާ-އަޒޫލްގެ ނަމުންނެވެ. މި ގުރާ ބައިނަލްއަގުވާމީ ގޮތުން މަޝްހޫރުވެގެން ދިޔައީ 2011 ގައި ނުކުތް އެނިމޭޓެޑް ފިލްމު "ރިއޯ"ގެ މައިގަނޑު ޝަހުސިއްޔަތު "ބްލޫ"ގެ ސަބަބުންނެވެ. ފިލްމްގައި ބްލޫއަކީ އޭނާގެ ދަރިފަސްކޮޅު ސަލާމަތްކުރަން ދަތުރެއްކުރާ، އޮޅުކޮށްގެން ގެންގުޅޭ ސްޕިކްސް މެކޯއެކެވެ.

"އަހަރެމެން 'ހޯޕް’ގެ ނަން ހިޔާރުކުރީ މި ބާވަތަށް އުޖާލާ ކުރިމަގެއް ހޯދައިދެވޭނެކަމުގެ އުއްމީދުގައި،" ހައިވާނު ބަގީޗާގެ ދޫނި ގެންގުޅޭ ބައިގެ އިސް ބަޔޮލޮޖިސްޓް ފެރްނާންދާ ގީދާ ބުންޏެވެ.

ހޯޕް އުފަންވީ 28 ދުވަހުގެ އާޓިފިޝަލް އިންކިއުބޭޝަން ނުވަތަ މަސްނޫއީ ގޮތުން ބިސް ފީކުރުމަށްފަހުއެވެ. ޒުލުގެ މާހިރުންވަނީ ބެލެހެއްޓުމަށްޓަކައި ބިސް ވަކިން ނަގައިފައެވެ. އަދި ފަހުން، ބިހުގެ ތޮށިގަނޑު ފަޅައިލައިގެން ނުކުތުމަށް ހޯޕަށް ދަތިވި ހިނދު، މާހިރުންވަނީ އެ ސޮރު ބިހުން ނެރުމަށް އެހީތެރިވެދީފައެވެ.

"އެ ސޮރު ބިހުން ނުކުމެގެން އައި ތަން ފެނުމާ ހަމައަށް 28 ދުވަސް އަހަރެމެންނަށް ހޭދަވީ އަހަރެމެން ވަރަށް ކެތްތެރިކަން ކުޑަވެފައިވައި، ހާސްވެފައިވައި ހާލެއްގައި. އެ ސޮރަށް އެހީތެރިކަން ބޭނުންވި. އެ ސޮރު އޮތީ ބިހުގެ ތެރޭގައި ރަނގަޅު ނޫން އަތަކަށް ކަމަށްވާތީ އަހަރެމެންނަށް ޖެހުނީ ބިހުގެ ތެރެއިން އެ ސޮރު ނެރެން. އޭގެ ފަހުން އެ ސޮރު ބިހުން ނުކުތް،" ގީދާ ބުންޏެވެ.

ބްރެޒިލްގެ ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ ޒުލުގެ ދަރިމައިކުރުމުގެ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސްޕިކްސް މެކޯތައް ކުރިން ދިރިއުޅެމުން ދިޔައީ ބްރެޒިލްގެ އިރުއުތުރުގެ ކާއާތިންގާ ސަރަހައްދުގައެވެ. ޖަންގަލިތައް ނައްތައިލުމާއި ޕެޓުގެ ވިޔަފާރިއަށް ގަވާއިދާ ހިލާފަށް ދޫނި ހިފުމުގެ ދަހަރުތަކެއްގެ ސަބަބުން މި ބާވަތްވަނީ ނެތިގެން ދިއުމުގެ ތުންފަތްމައްޗަށް ހުށަހެޅިފައެވެ.

ތިމާވެށްޓަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ، ގިނަ ސަރުކާރުތަކާއި ޖަމާއަތްތައް އެކުލެވޭ، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައި.ޔޫ.ސީ.އެން)އިންވަނީ ސްޕިކްސް މެކޯއަކީ "ޖަންގަލިތަކުން ނެތިގޮސްފައިވައި" ދޫންޏެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މީގެ މާނައަކީ މި ބާވަތް ދެމިއޮތުން މިހާރު ބިނާވެފައިވަނީ މީހުންގެ ބެލުމުގެ ދަށުން ގެންގުޅުމުގެ މައްޗަށްކަމެވެ.

"އެންމެ ފުރަތަމަ މި އުފަންވި އުފަންވުމަކީ ސްޕިކްސް މެކޯ ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް،" ގީދާ ބުންޏެވެ.

"އަހަރެމެންގެ ކުރިމަތީގައި އޮތީ ދިގު ދަތުރެއް. އެކަމަކު މިއީ ވަރަށް ކާމިޔާބު ދަތުރަކަށްވާނެކަމަށް އަހަރެމެން އުންމީދުކުރާ މަގެއް،" އޭނާ އިތުރަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް