Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތް ވަނީ މަރާލައިފައިތޯ ވެސް ތަހުގީގު ކުރަންޖެހޭ: ސުބްރަމާނިއަމް

ބޮލީވުޑްގެ ތަރި ސުޝާންތް ސިންގްގެ މަރާ ބެހޭ ފޮރެންސިކް ރިޕޯޓް މިއަދު ސީ.ބީ.އައި އަށް ހުށައަޅާފައިވާއިރު  ސުޝާންތް ވަނީ ގަސްދުގައި މަރާލައިފައިތޯ ތަހުގީގު ކުރަން ޖެހޭކަމަށް އިންޑިއާގެ ބީ.ޖޭ.ޕީގެ އިސް ލީޑަރު ސުބްރަމާނިއަމް ސްވާމީ ބުނެފިއެވެ.

ސުބްރަމާނިއަމް މިހެން ބުނީ ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ސީ.ބީ.އައި އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި ސުޝާންތްގެ މަރުގެ މައްސަލައިގެ ތަހުގީގު ސީ.ބީ.އައި އިން ލަސްކުރާ ކަމަށް ސުޝާންތްގެ އާއިލީ ވަކީލް، ވިކާސް ސިންގް ތުހުމަތު ކޮށްފައިވަނިކޮށެވެ.

އޭ.އައި.އައި.އެމް.އެސް އިން ތައްޔާރުކުރި ފޮރެންސިކް ރިޕޯޓް މިއަދުގެ ވަގުތެއްގައި ވަނީ ސި.ބީ.އައި އަށް ހުށަހަޅާފައެވެ. މި ރިޕޯޓަކީ ސުޝާންތްގެ މަރުގެ ތަހުގީގަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ރިޕޯޓެއް ކަމަށް ސީ.ބީ.އައި އިން ބުންޏެވެ. އަދި މި ރޕޯޓުން ލިބޭ މައުލޫމާތުން، ސުޝާންތް މަރުވީ އަމިއްލައަށްތޯ ނުވަތަ ނޫންތޯ ނިންމޭނެ ކަމަށްވެސް އެ ބިއުރޯ އިން ބުންޏެވެ.

ސުބްރަމާނިއަމް ބުނީ ސުޝާންތް މަރާލައިފައިވޭތޯ ބެލުން ތަހުގީގު ކުރުން ހުއްޓާލުން ރަނގަޅު ނޫން ކަމަށް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ޓީމުން ސީ.ބީ.އައި އަށް މާ ކުރިން ބުނެފައިވާ ކަމަށެވެ. އަދި ސުޝާންތު މަރުވީ ދަންޖެހިގެން ކަމަށް ކޫޕަރ ޓީމުން ބުނި ނަމަވެސް އޭނާ މަރުވެފައިވަނީ ދަންޖެހުމުގެ ކުރިން ކަމަށް ސުބްރަމާނިއަމް ތުހުމަތުކުރިއެވެ.

"އޭ.އައި.އައި.އެމް.އެސް އާއި ސީ.ބީ.އައި އިންވެސް މި މައްސަލައިގައި އެއްބަސްވޭ ސުޝާންތްގެ މަރުގައި އާދަޔާ ހިލާފު ކަންތައްތަކެއް އުޅޭކަން. ނަމަވެސް ބައެއް ކަންތައްތަކުގައި ގާނޫނުގައި ވާގޮތުން އިތުރު ހޯދުންތައް ހޯދަންޖެހޭ. އަދި އަޅުގަނޑުމެން އެކަންތައް ހޯދާނަން މި މައްސަލައިގައި ޝައްކެއް ނުވާ ހިސާބަށް،" އޭ.އައި.އައި.އެމް.އެސްގެ ފޮރެންސިކް ޓީމުގެ ޗެއާމަން ޑޮކްޓަރު ސުދީރް ގުޕްތާ ބުންޏެވެ.

ސުޝާންތްގެ މަރުގެ މައްސަލަ ތިން ތަނަކުން ދަނީ ތަހުގީގުކުރަމުންނެވެ. މިގޮތުން އެ މައްސަލައިގައި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ އީ.ޑީ އިން ތަހުގީގު ކުރަމުންދާއިރު، މަސްތުވާތަކެއްޗާ އޭނާގެ މަރާ ހުރި ގުޅުން އެން.ސީ.ބީ އިން  ތަހުގީގު ކުރަމުން ދެއެވެ. ސީ.ބީ.އައި އިން ދަނީ މި މައްސަލައިގައި ސުޝާންތް ވަނީ އަމިއްލައަށް މަރުވެފައިތޯ ނުވަތަ މަރާލައިފައިތޯ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް