Support Us

ރައީސް ޔާމީންގެ ޝަރީއަތް ލަސްވީ އެމްޑީޕީން ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެންކަން ސާބިތުކޮށްދީފި: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ ޝަރީއަތް ނުނިމި ދިގުދެމިގެެން ގޮސްފައިވަނީ އެމްޑީޕީން ޖުޑިޝަރީގެ ތެެރެއިން ބާރު ފޯރުވައިގެންކަން އެޕާޓީން ސާބިތުކޮށްދީފި ކަމަށާއި އެމްޑީޕީން ޖުޑިޝަރީއަަށް ނުފޫޒު ފޯރުވި ފޯރުވުން ކުށްވެރިކުރައްވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި ގައްދޫ ދާއިރާގެ ކެނޑިޑޭޓު މުހައްމަދު އަލީގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަ ދައްކަަވަމުންނެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް އެމަނިކުފާނު ހުށަހަޅުއްވާފައިވާ މައްސަލަ ނުނިމި، ދިގުލައިގެން ގޮސްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް ޔާމީންގެ މައްސަލަައިގެ ޝަރީއަތް ދިގުލައިގެން ގޮސްފައިވަނިކޮށް، އެމްޑީޕީން ބޭނުންވީމަ އެ މައްސަލަ ސެޑިއުލްކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޖޭއެސްސީ އޮތީ މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތް މެމްބަރުންގެ އަތުގައި ކަމަށާއި ޖޭއެސްސީގެ ރައީސްއަކީ ވެސް އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ.

އެހެން އެކަން އޮތްއިރު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިތާ ދެ ތިން ދުވަސް ތެރޭގައި އެ މައްސަލަ ސެޑިއުލްވެގެން ދިއުމަކީ އެމްޑީޕީގެ ކޮންޓްރޯލް އަދިވެސް ޖުޑިޝަރީގެ ތެރޭގައި ހިންގާވަރު ހާމަވެގެން ގޮސްފައިވާ ކަމެއް ކަމަށާއި އެއީ ވަރަށް ހިތާމަކުރައްވާ ކަަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވިން ގާނޫނުތަކަށް ބަދަލު ގެނެސްގެން ޖޭއެސްސީގެ ކޮމްޕޮޝިސަން ބަދަލުކުރާނަމޭ މިއީ އަޅުގަނޑުގެ ރިޔާސީ ވައުދެއް، ޖޭއެސްސީ.. ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާ ކުރާނަމޭ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ކުރެވެނީ ސިޔާސީ މަގާމުތަކުގައި ތިބޭ ސިޔާސީ ގޮތުން އިންތިހާބުވެފައި ތިބޭ ބޭފުޅުން ޖޭއެސްސީގެ މަގާމުތަކުގައި ނުތިބޭނެ ދުވަހެއް އައިސްގެން ކަމަށެވެ. އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައިވާއިރު އެކަން ކުރެވޭނެ މަގު ވެސް ފަހިކޮށްދެވޭނީ ސަަރުކާރުގެ ކެނޑިޑޭޓުން ރައްޔިތުން މަޖިލީހަށް ހޮވައިދީގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ބޭނުންވީމަ ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލަ މިއަދަށް ތާވަލްކުރެވިގެން ދިއުމުން ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީން މިނިވަން ވެގެން އައުމަކީ އަބަދުވެސް ބޭނުންފުޅުވެވަޑައިގެންނެވި ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދުއާއަކީ ރައީސް ޔާމީނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވެގެން އައުން، އެހެންވީމަ މިއަދާ ހަމަައަށް ޖޭއެސްސީގެ ތެރެއިން އެމްޑީޕީގެ ބާރު ހިންގައިގެން ޖުޑިޝަރީއަަށް ނުފޫޒު ފޯރުވި ފޯރުވުން އަޅުގަނޑު ކުށްވެރިކުރަން، އެމްޑީީޕީން ޖުޑިޝަރީއަށް ނުފޫޒު ފޯރުވި ފޯރުވުން ޝާބިތުވެގެން އެދިޔައީ." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިގައުމުގައި ހަމަޖެހުން ގާއިމް ކުރެއްވުމަށްޓަކައި ޝަރުއީ ދާއިރާ މިނިވަން ތަނަކަށް ހައްދަވާނެ ކަމުގެ ވައުދު ވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދުތައް ވެވަޑައިގެންނެވީ އެކަންތަައް އެގޮތަށް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ހެކި ފާއިތުވި ހަތަރުު ފަސް މަސް ދުވަހުގައި ހިނގި ބައެއް ކަންކަމުން ވެސް ދޭހަވެގެން ގޮސްފައިވާނެ ކަމަށެވެ.

އެގޮތުން ފުށި ދިއްދަރުފަޅު މަޝްރޫއު ބަަޔަކު ހުއްޓުވި މައްސަލަ އާއި މާލޭގެ މޭޔަރު ކަމަށް ސަރުކާރުގެ ކެނޑިޑޭޓު އާޒިމާ ޝަކޫރާ ދެކޮޅަށް މައްސަލައެއް ނިންމިކަން އެމަނިކުފާނަށް އެނގިވަޑައިގަތީ ނޫހުން ކަމަށާއި ނުފޫޒު ފޯރުވާނަމަ އެކަލަ އެއްވެސް ކަމަަކަށް މިސަރުކާރުން ރިސްކް ނުނަގާނެ ކަމަށް ވިދާޅުވި އެވެ.

"މިސަރުކާރުގެ ހުރިހާ ބޭފުޅުން ވެސް އަމަލް ކުރައްވާނީ އެ އުސޫލުން، އެހެންވެ ޝަރުއީ ދާއިރާ އެ އޮތީ މިނިވަންކޮށްފައި، ސަރުކާރުގެ ނުފޫޒެއް ނުހިނގާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިގައުމުގައި ހަމަޖެހުމުގެ ރޫހު ގެނައުމަށް ސަރުކާރުގެ ކެނޑިޑޭޓުން މަޖިލީހަށް ގެންނަން ޖެހޭ ކަމަށާއި ސަރުކާރުން ގާނޫނުތަކަށް ގެންނަ އިސްލާހުތަކާއި އަލަށް ހުށަހަޅާ ގާނޫނުތަކުން ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާ ލެވޭނެ ކަމަށެވެ.

ގައުމުގެ ހަމަޖެހުމަށްޓަަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ހިންގުމަށް މަޖިލީހަށް ސަރުކާރަށް ތާއީދުކުރާނެ ބަޔަކު ރައްޔިތުން ހޮވަައިދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *