Support Us

‏އައްޑޫ ކަރަންޓު ނިޒާމުގެ ދެމެހެއްޓެނިވި ހައްލަކަށް 59 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ޗައިނާ ކުންފުންޏަކަށް

އައްޑޫ ސިޓީގެ ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް 59 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ފެނަކައިން ބުނި ގޮތުގައި "ޑީސެލް ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓިބުޝަން ސިސްޓަމް ޕްރޮޖެކްޓް ފޯރ އައްޑޫ ސިޓީ"ގެ ދަށުން ހިތަދޫގައި އަލަށް ޤާއިމުކުރެވޭ 32 މެގަވޯޓުގެ އިންޖީނުގެ ޤާއިމުކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ. މި މަޝްރޫޢުގެ ދަށުން އައު އިންޖީނުގެ ނިންމައި ކުރިއަށް އޮތް 20 އަހަރަށް އެކަށީގެންވާ މިންވަރަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރެވިގެންދާނެއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިމި ހިދުމަތް ދެވެން ފަށާނެއެވެ.

މި އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދެވެ. ޑޮންގްފަންގް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ، ނައިބު ރައީސް ސަން ޒެންޕިންގެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތައް:

  • އައު ސެންޓްރަލް އިންޖީނުގެ އައްޑޫ ސިޓީ ހިތަދޫ މިހާރު އިންޖީނުގެ ހުރި ސަރަހައްދުގައި އެޅުން
  • 32 މވގެ ޑީސަލް ޕްލާންޓުގައި 5.8 މވގެ 2 ސެޓް ޑީސަލް ޖަނެރޭޓަރާއި 9.8 މވ ގެ 2 ސެޓް ޑީސަލް ޖަނަރޭޓަރު ހިމެނޭ ގޮތަށް ޖަނަރޭޓަރުތައް އިންސްޓޯލް ކުރުން
  • އައްޑޫ ސިޓީ ޑިސްޓްރިއުޝަަން ސިސްޓަމް އަޕްގްރޭޑް ކުރުން
  • އާ އިންޖީނުގޭގައި 50 މވ އާ ހަމައަށް ކެޕޭސިޓީ އަޕްގްރޭޑް ކުރުން

"މި ޕޮޖެކްޓަކީ ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ މީދޫ އަދި ހުޅުދޫ ބްރިޖަކުން ގުޅާލުމުން އެ ދެ ރަށަށް ވެސް ކަރަންޓު ދެވޭނެ ވަރުގެ މަރުކަޒީ އިންޖީނު ގެއަކަށް ވެގެން ދާނެއެވެ. މި ޕޮޖެކްޓަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 12 އަހަރު ތެރޭ ދައްކާ ހަލާސްކުރާ ގޮތަށް ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެކު ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެއެވެ." ފެނަކައިން ބުންޏެވެ.

"މި މަޝްރޫއުގެ ދަށުން އަޅާ ޕަވަރ ޕްލާންޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއި އިކުއިޕްމެންޓާ އެކު ގާއިމު ކުރެވޭ ޕްލާންޓެކެވެ. މި ޝްރޫއުގެ އަމަލީ މަސައްކަތް ނިމި ދޮޅު އަހަރުގެ ތެރޭގައި ހިދުމަތް ދެވެން ފެށޭނެއެވެ."

ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލްގެ ފަރާތުން ފެނަކައިގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *