Support Us

އެއާ އިންޑިއާ ފްލައިޓް ވެއްޓުމުގެ ކުރިން ދެ ޕްލައިޓުން ދެއްކި ވާހަކައިގެ ޓްރާންސްކްރިޕްޓް ހާމަކޮށްފި

މި ދިޔަ އަހަރު ޖޫންގައި ވެއްޓުނު އެއާ އިންޑިއާގެ ބޮއިންގް 787 މަރުކާގެ މަތިންދާބޯޓު ވެއްޓުމުގެ ކުރިން ދެ ޕައިލެޓުންގެ ދެމެދުގައި ދެއްކި ވާހަކަތަކުގެ ޓްރާންސްކްރިޕްޓް ހާމަކޮށްފިއެވެ.

ފްލައިޓްގައި އިން އެންމެ މީހަކު ސަލާމަތްވި، ފްލައިޓާއި ބިންމަތިން 260 މީހުން މަރުވި ހާދިސާގެ ތަހުގީގު މިހާރު އުޅެނީ ނިންމައިލައި ހިސާބުގައި ކަމަށާއި ހާދިސާގެ ރިޕޯޓްގެ ފަހު ޑްރާފްޓް އަންނަ އޮކްޓޫބަރު ހިސާބުގައި ހާމަކުރާނެ ކަމަށް އިންޑިއާގެ ތަހުގީގު ހިންގާ ފަރާތުން ބުންޏެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ދިއުމަށް އިންޑިއާގެ އަހްމަދުއާބާދުން ނައްޓައިލިތަނާހެން އެއާޕޯޓާ ކައިރި ސަރަހައްދެއްގެ މެޑިކަލް ކޮލެޖެއްގެ މައްޗަށް ވެއްޓުނު ފްލައިޓްގެ ހާދިސާގައި، މަތިންދާބޯޓުގެ ތެޔޮ ހޮޅި ބަންދުވި މައްސަލައިގައި ދެ ޕައިލެޓުންގެ ދެމެދުގައި ވާހަކަ ދެކެވުނުކަން ޓްރާންސްކްރިޕްޓުން ހާމަވިއެވެ.

"ކީއްވެ (ތެޔޮ ހޮޅި) ބަންދުކޮށްލީ؟" އެއް ޕައިލެޓަކު އަނެއް ޕައިލެޓް ގާތުގައި އަހައެވެ.

"އަހަރެން އެ ކަމެއް ނުކުރަން،" އަނެއް ޕައިލެޓް ޖަވާބުދެއެވެ.

ޓްރާންސްކްރިޕްޓް ހާމަކުރިއިރު ކޮން ވާހަކައެއް ދެއްކީ ކޮން ޕައިލެޓެއްކަން ހާމައެއް ނުކުރެއެވެ. ފްލައިޓް ދުއްވަން އިނީ ކްލައިވް ކަންޑާއެވެ. މޮނިޓަކުރަން އިނީ އިސް ޕައިލެޓް ސުމީތު ސަބްހަރްވަލްއެވެ.

މަތިންދާބޯޓު ވެއްޓުނީ ދެ އިންޖީނަށް ތެޔޮ ނުލިބިގެން އުދުއްސައިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

ވައިގެ އުޅަނދުތަކުގެ އެކްސިޑެންޓްތައް ތަހުގީގުކުރާ އިންޑިއާގެ އިދާރާ، އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭ.އޭ.އައި.ބީ)އިން ބުނީ ތަހުގީގުގައި މިހާރު ބަލަމުންދާ ކަންތައްތަކުގެ ޓެކްނިކަލް މައްސަލަތަކާއި އިންސާނުންގެ ހަރަކާތްތައް ހުރިނެތް ގޮތް ދިރާސާކުރަމުންދާ ކަމަށެވެ. އެއީ ވަކި ގޮތަކަށް ނިންމުންތަކެއް ނިންމުމަށް ކަމަށެވެ.

ސުމީތުގެ ބައްޕަ ޕުޝްކަރު ރާޖް ސަބްހަރްވަލް ބުނީ ފްލައިޓް ވެއްޓުނީ ދަރިފުޅު ހެދި ގޯހަކުން ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *