Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުފަހަރު

ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރުން ފަހުން ފީ ނަގާނަން: އީރާން

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، ހިލޭ، އެއްވެސް ހުރަހެއް އަދި ޝަރުތެއް ނެތި އުޅަނދުފަހަރަށް މި ވަގުތު ދަތުރުކުރަން ހުއްދަ ދިނަސް، ފަހުން ފީ ނަގާނެ ކަމަށް އީރާނުން ބުނެފިއެވެ.

"އަހަރެމެންނާއި އެމެރިކާއާ ދެމެދު މި ދިޔަ މަހު 17 ގައި ސޮއިކުރި 60 ދުވަހުގެ ސުލްހައިގެ ފަހުމްނާމައިގެ ދަށުން، އެ މުއްދަތުގައި ހުރުމުޒު ހިލޭ، އެއްވެސް ހުރަހެއް އަދި ޝަރުތެއް ނެތި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ ގޮތަށް މިހާރު ހަދައިފައި އޮތަސް، ކުރިމަގުގައި ހަރުކަށިކަމާއެކު ސަލާމަތީ ފީ އާއި ޓޯލް ނަގާނަން،" އީރާންގެ އޮފިޝަލަކު ބުންޏެވެ.

ސުލްހައިގެ ފަހުމްނާމާގައި ބުނާ ގޮތަށް ހުރުމުޒުން މިއަދު ވެސް އެއްވެސް ހުރަހެއް، ޝަރުތެއް ނެތި، ހިލޭ އެތައް ވިޔަފާރި ތެޔޮ ޓޭންކަރު ދަތުރުކުރިއެވެ. ނަމަވެސް ނުތަނަވަސްކަން އުފެދިފައިވަނީ އަންނަ މަހު މެދުތެރޭގައި އީރާނުން ސަލާމަތީ ފީ އާއި ޓޯލް ނަގާނެ ކަމަށް ބުނުމުންނެވެ.

އީރާނުން މިހެން ބުނުމުން އެމެރިކާއިން އެ ކަން ކުށްވެރިކުރިއެވެ.

"ބައިނަލްއަގުވާމީ ކަނޑުއޮޅިއަކުން ދަތުރުކުރުމަށް ޓެކްސް ނެގުމާ އެމެރިކާއިން ކަނޑައެޅިގެން ދެކޮޅުހަދައިނަން،" އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީ ގޮތެއްގައި ނިންމައިލަން ޑީލެއް ހަދަން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ކަންތައްތައް ކުރާނެ ގޮތަކާމެދު އީރާނާއި އެމެރިކާއިން ވާހަކަތައް ކުރިއަށްގެންދަން ދެން ހަމަޖައްސައިފައިވަނީ ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަންނަ ބުރާސްފަތި ދުވަހު ފަސްދާންލުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *