Support Us

ސީދާ ކައުބާ މަތިން އިރު ހުރަސްކުރުން

އިރު ދަތުރުކުރާ އާދައިގެ މަތީން އެކިއެކި ތަންތަނުގެ ސީދާ މަތިން (އޮލަނބުވާ ގޮތަށް) އިރު ދަތުރުކުރުމަކީ، ކޮންމެ އަހަރަކުވެސް އެކަން ހިނގާ ފިޠްރަތީ އާދައެވެ. އެހެނަސް އެކަން ހިނގުމުގައި ވަކިތަނެއްގެ މަތީން ވަކި ދުވަހަކު ދަތުރުކުރާ ކުރުން ޚާއްޞަވެގެންވާތީ އެކަން ފާހަގަ ކުރުމަށް ސަމާލުކަމެއް ދެނީއެވެ.

އެ ނަޒަރުން ބަލާއިރު މޭ މަހުގެ 27 ވާ ބުދަ ދުވަހު ކައުބާ މަތިން އިރު ހުރަސްކުރާ ކުރުން ޚާއްޞަ ކަމަށް ވެގެންވަނީއެވެ. ސަބަބަކީ، އެ ދުވަހަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. ޙައްޖުވެރީންކުރެ ގިނަ ބަޔަކު އަރަފާތަށްފަހު ޠަވާފުލް އިފާޟާ ކުރުމަށްޓަކަޢި މަސްޖިދުލް ޙަރާމް (ހަރަންފުޅުގައި) އުޅޭ ވަގުތާ ދިމާވާ ވަގުތެއް ކަމުގައި ވާތީއެވެ.

އޭގެ އިތުރުން މިއަހަރުގެ ޢަރަފާތު ދުވަސް ދިމާވާ، މާދަމާ، ނުވަތަނމޭ މަހުގެ 26 ވަނަ ދުވަހު ޢަރަފާތު ބިމުގެ މަތިންވެސް އިރު ދަތުރު ކުރާ ކުރުން ޚާއްޞަވެގެން ވެއެވެ.

ޢަރަފާތު ބިމަކީ، ޚައްޠު ޢަރުޞު (ލެޓިޓިޔުޑް)ގެ ގޮތުން ބަލާއިރު މައްކާގެ ޙަރަންފުޅަށް ވުރެން ހަތަރުމޭލުބައި ދެކުނުގައި އޮންނަ ބިމަކަށްވާތީ، މާދަމާ މައްކާ ހަރަންފުޅަށްވުރެން ޢަރަފާތު ބިމުގެ މަތީގައި ހުރެގެން އިރު ހުރަސްކުރާ މިންވަރުގެ ސީދާ ވަނީއެވެ.

ޢަރަފާތު ދުވަހުވެސް އަދި ޢީދު ދުވަހުވެސް އެކަން ހިނގާނީ މައްކާ ގަޑިން މެންދުރު 12:18 ވާ ވަގުތުގައެވެ.

އަދި 27 ވަނަދުވަހު މައްކާ ހަރަންފުޅުމަތީގައި އިރު ހުންނަ ވަގުތު ޚާއްޞަވާ އަނެއް ސަބަބަކީ، އިރު އެވަގުތު ފެންނަން ހުންނަ ކޮންމެ ގައުމަކަށްވެސް ނުވަތަ ތަނަކަށްވެސް ޤިބުލަ ދެނެގަތުމުގައި އެންމެ ޞައްޙަ ފަސޭހަ ވަގުތަށް އެވަގުތު ވާތީއެވެ. އެ ވަގުތު އިރު ފެންނަން ހުންނަ އެއްވެސް ތަނަކަށް، ޤިބުލަ ދެނެގަތުމަށް ސަމުގާއެއް ބޭނުމެއް ނުވާނެއެވެ. އިރު އެވަގުތު ފެންނަން ހުންނާނީ ސީދާ ޤިބުލަވީ ދިމާގައި ހުއްޓައިކަމަށް ވާތީއެވެ.

މާލެއަށް އެވަގުތު ދިމާވަނީ މޭ 27 ވަނަ ދުވަހު މާލޭގަޑިން މެންދުރުފަހު 2:18 އާ އެވެ.

މިއީވެސް، އިރާއި ހަނދު ހިސާބެއްގެ މަތީގައި ލެއްވިކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޢިލްމީ ޙަޤީގަތް، ޢަޤްލީގޮތުން ކަށަވަރުވާ ކަންތައްކަކުގެ ތެރެއިން ހިމެނޭ އެއް ކަމުގައި ވެއެވެ.

ސީދާ ޢަރަފާތު ދުވަހާއި ޙައްޖު ދުވަހު ކައުބާ މަތިން އިރު ހުރަސްކުރުން އެއީ ވަރަށް މަދުން ނޫނީ ދިމާވާނޭ ޙާލަތެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *