Support Us

ކައިވެނީގެ ހަދިޔާއަކަށް އަނބިމީހާއަށް ހަނދުން ބިމެއް ގަނެދީފި

ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ޕާކިސްތާނު މީހަކު އޭނާގެ އަނބިމީހާއަށް ހަނދުން ބިމެއް ގަނެދީފިއެވެ.

އުމުރުން 23 އަހަރުގެ ޝުހެއިބު އަހްމަދު އޭނާގެ 26 އަހަރުގެ އަނބިމީހާއާ ކައިވެނިކުރީ މީގެ ހަ މަސް ކުރިންނެވެ. ޝުހެއިބުގެ އިތުރުން، އަމިއްލައަށް މަރުވި ކަމަށް ބެލެވޭ މަޝްހޫރު ފިލްމީތަރި ސުޝާންތް ސިންގްގެ ބިމެއްވެސް ލޫނާގައި އޮންނަ ކަމަށް ވެއެވެ.

ރަވަލްޕިންޑީއަށް ނިސްބަތްވާ ޝުހެއިބު، 4046 އަކަމީޓަރުގެ ބިމެއް ހަނދުން ގަތީ 45 ޑޮލަރަށް، ލޫނާ ސެޓްލްމަންޓް އިނީޝިއޭޓިވްއިންނެވެ. އެލް.އެސް.އައި އިން ބަޔާންކުރާ ގޮތުގައި މިގޮތަށް ބިން މިލްކުކުރެވޭނީ ގާނޫނީ ގޮތުން އެކަން އެނގޭ ފަދަ ލިޔުމެއްގެ އެހީގައެވެ. އަދި މިފަދަ ބިންތަކުގައި އިންސާނުން އަބަދުވެސް އުޅުމަށް ލާޒިމްކުރެއެވެ.

"މި އެއްބަސްވުމުގައިވާ ބިމުގެ ސަރަހައްދު ބަދަލްވެދާނެ. އަދި މީހުންގެ އަދަދު ވެސް ބަދަލްކުރެވިދާނެ. މިތާނގައި ވަގުތީ ހިޔާތަކާއި، ބިނާތަކާއި، ދުއްވާ އެއްޗިއްސާއި، ދިރާސާކުރުމަށް އަޅާ ބިނާތަކާއި، ކޮނުމަށް އަޅާ ބިނާތައް ބެހެއްޓުމުގެ ހުއްދަ އޮވޭ. މީގެ އިތުރުން ފަތުރުވެރިންނަށްވެސް މިތާނގައި އިމާރާތް އަޅައިދެވިދާނެ،" އެލް.އެސް.އައިގެ ވެބްސައިޓްގައި ވެއެވެ. "މިތަނުން ބިން ގަނެ، ސެޓްފިކެޓް ލިބުމަށްފަހު، ބިމުގެ ވެރިން މިތާ އެމީހުންގެ އިމާރާތް ހެދުމުގެ މަސައްކަތް ފަށަންޖެހޭނެ. އަދި މިތާނގައި އޮންނާނީ މިތާގެ ރައްޔިތުން ހޮވާ ވެރިކަމެއްގެ ގަވާއިދުތައް، ވަކި ގައުމެއްގެ ގޮތުގައި މިތަން (ލޫނާ) އޮންނާނީ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *