Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ރިއާ ޗަކްރަބަތީގެ ބަންދުގެ މުއްދަތު މިއަދު ހަމަވާނެ

ސުޝާންތް ސިންގްގެ މަރުގެ މައްސަލައިގައި ޖަލަށް ލާފައި ހުރި ރިއާ ޗަކްރަބަތީގެ 14 ދުވަހުގެ ބަންދުގެ މުއްދަތު މިއަދު ހަމަވާނެއެވެ. ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިއާ ހައްޔަރުކޮށް ތިން ދުވަސް ވަންދެން ސުވާލުކުރުމަށްފަހު ބަންދަށް ގެންގޮސްފައި ވަނީ ޑްރަގުގެ ތުހުމަތުގައެވެ.

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ބުނާގޮތުގައި ރިއާގެ ވަޓްސްއެޕް މެސެޖްތަކުން އޭނާ ސުޝާންތައް މަސްތުވާ ތަކެތި ފޯރުކޮށްދިން ކަމަށް ހެކި ލިބެއެވެ. މި ބިއުރޯ އިން މަސްތުވާތަކެތީގެ އިތުރު ކޭސް އެއް ތަހުގީގު ކުރަން ފެށީ 59 ގްރާމުގެ މެރުއާނާ ފޯރުކޮށްދިން ކަމަށް ބެލެވޭ ހެކި ފެނުމާއެކުއެވެ.

މި މައްސަލައިގައި ރިއާ ވަނީ ސާރާ އަލީ ޚާނާއި ޝްރައްދާ ކަޕޫރުގެ ނަން ތަހުގީގުގައި ފާހަގަކޮށްފައެވެ. އެން.ޑީ.ޓީ.ވީން ބުނި ގޮތުގައި ކުރިއަށް މިއޮތް ހަފްތާ ތެރޭގައި އެ ދެ ތަރިންނާއި ސުވާލުކުރުމަށް ގެންދާނެއެވެ.

މުމްބާއީގެ ބައިސޫލާ ޖަލުގައި ހުރި ރިއާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ރިއާގެ އިތުރުން 12 މީހުން މި މައްސަލައިގައި ހައްޔަރުކުރިއެވެ. މި މީހުންގެ ތެރޭގައި ރިއާގެ ބޭބެއާއި، ސުޝާންތްގެ ދެ މުވައްޒަފުން ހިމެނެއެވެ.

ކޭ.ޑަބްލިއު.އޭ.އެންގެ ސީ.އީ.އޯ ދްރޫވް ޗިޓްގޯޕެކަރް އަދި ސުޝާންތްގެ މެނޭޖަރު ޝްރޫތީ މޯޑީ ވެސް އެން.ސީ.ބީ އިން ތަހުގީގު ކުރަން ވަނީ ފަށައިފައެވެ. އަދި ކޭ.ޑަބްލިއު.އޭ.އެންގެ މުވައްޒަފެއް ކަމަށްވާ، ފިލްމީ ތަރި ދީޕިކާ ޕެޑުކޯންގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް ވެސް ތަހުގީގު ކުރުމަށް ގެންދާނެ ކަމަށް އެން.ސީ.ބީގެ އޮފިޝަލަކު މައުލޫމާތު ދިނެވެ. މީގެ އިތުރުން ސުޝާންތްގެ ކުރީގެ ޓެލެންޓް މެނޭޖަރު ޖާޔާ ސާހާ ވަނީ ހޯމަ ދުވަހު ހަތަރު ގަޑިއިރުވަންދެން ސުވާލުކުރުމަށްފަހު މިއަދު އެ ބިއުރޯއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *