Support Us

ސުޝާންތުގެ މަރުގެ މައްސަލަ:

ސުޝާންތްގެ މަރުގެ މައްސަލައިގައި ހޯދައިފައިވާ ހޯދުންތަކަށް ތައުރީފް

ސުޝާންތްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ އޮފިޝަލުންނާ ސީ.ބީ.އައިގެ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމް (އެސް.އައި.ޓީ) އިން އިއްޔެ ބައްދަލުކޮށް، ސުޝާންތްގެ މަރުގެ މައްސަލައިގައި ހޯދައިފައިވާ ހޯދުންތަކަށް ތައުރީފް ކޮށްފިއެވެ.

ތަހުގީގަށްފަހު މި ޓީމް އިއްޔެ އެނބުރި މުމްބާއީ އަށް ދިޔައީ މަހެއްގެ މަސައްކަތަށް ފަހުއެވެ. މިގޮތުން މީހުންގެ ބަޔާންތައް ރެކޯޑްކޮށް، ކްރައިމް ސީން އުފައްދައި، ދިރާސާތައް ކޮށްފައިވެއެވެ. މުމްބާއީ އަށް ދިއުމާއެކު އޮފިޝަލުންނާ ބައްދަލުކޮށް ތަހުގީގުގެ މައުލޫމާތުތައް ހިއްސާކުރިއެވެ.

ސީ.ބީ.އައި އިން މުމްބާއީއަށް ދިޔުމުގެ ކުރިން ސުޝާންތުގެ ދައްތަ ރާނީ ސިންގާއި ބައްޕަ ކޭ.ކޭ ސިންގްގެ ބަޔާން ވެސް ނަގާފައިވެއެވެ.

މުމްބާއީ އަށް ގޮސް، 14 ދުވަހުގެ ކަރަންޓީނެއް ވުމަށްފަހު އޮފިޝަލުން ވަނީ މުމްބާއީގެ ފުލުހުން ކޮށްފައިވާ ތަހުގީގުގެ ލިޔުންތައް ރެކޯޑްކޮށްފައެވެ. އަދި މި މައްސަލައާ ގުޅޭ ހޮސްޕިޓަލް ރިޕޯޓްތައްވެސް އޮފިޝަލުން ދިރާސާކުރިއެވެ.

މީގެ އިތުރުން ސުޝާންތުގެ ގެއަށް ގޮސް، މަރު ހިނގި ގޮތް އަލުން ކުޅެ، އޭގެ އެހީގައި މައްސަލައިގެ ތަހުގީގު ވަނީ ކޮށްފައެވެ. މި ތަހުގީގު ކުރީ ސުޝާންތުގެ ދައްތަ މީތޫ ސިންގާއި، އެ ގޭގައި އުޅޭ ސިދާތް ޕިތާނީއާއި، ސުޝާންތްގެ ސްޓާފުން ކަމަށްވާ ނީރާޖް ސިންގާއި، ކެޝާވް ބަޗްނާ އަދި ދިޕޭޝް ސަވާންތްގެ ހާޒިރުގައެވެ.

މި މައްސަލައިގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ނެރޭ ފޮރެންސިކް ރިޕޯޓުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *