ގައުމީ ކަންކަމަކީ ގައުމީ ކަންކަމެވެ. ހައްތަހައި ހުންނާނީ ސިޔާސީ ކަންކަމެއް ނޫނެވެ.
ރައްޔިތުންގެ އަސާސީ ކަންތަަަަައްތަކާއި ޙާލަތްތަކާ ގުޅިފައިހުންނަ ކަންތައްތަކަށް ސަރުކާރުން ލުއިދިނުމަކީ ސިޔާސީ ފައިދާއެއްގެ ބޭނުމުގައި ކުރާ ނުރަނގަޅު ކަމެއްކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރުމަކީ ކުރެވޭ ވަރަށްވެސް ބޮޑު ގޯސްކަމެކެވެ. ވަރަށް ބޮޑު ބޭއިންސާފެކެވެ.
ހިޔާފްލެޓްތަކުގެ ކުލި ނުވަތަ މަހުންމަހަށް ދައްކަންވާ ފައިސާ ނުދެއްކި އެކަމުގެ ދަތިކަން ތަހަންމަލު ކުރަމުންދާ ފަރާތްތަކަށް ލުޔެއްގެ ގޮތުގައި ހަމައެކަނި ޖޫރިމަނާ ފައިސާ މާފުކުރާ ކުރުމަކީ ސިޔާސީ ފައިދާއެއް ނެގުމެއް ނޫނެވެ. އެ ފްލެޓްތަކުން ސަރުކާރަށް ދައްކާންޖެހޭ ކުލި ނުވަތަ މަންތްލީ ޕޭމަންޓުތަކުގެ ތެރެއިން އެއްވެސް މިންވަރެއް ސަރުކާރުން މާފުކޮށެއް ނުދެއްވައެވެ. މާފުކޮށްދެއްވީ ހަމައެކަނި އަރައިފައިވާ ޖޫރިމަނާއެވެ.
ރިސޯޓްތަކާއި ވިފާރިތަކާއި އާންމު ފަރާތްތަކަށްވެސް ފައިސާއެއް ނުދެއްކިގެން އަރާ ޖޫރިމަނާތައް މާފުކުރުމަކީ ރާއްޖޭގެ ސަރުކާރުތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އެހެންކަމަށްވާއިރު އާންމު ރައްޔިތުންގެ ހާލަތުގެ މައްޗަށް އެފަދަ ޖޫރަނާއެއް މާފުކުކުރާ މާފުރުމަކީ ސަރުކާރުން ނުރަނގަޅު ނިޔަތެއްގައި ކޮށްފައިވާ ގޯސް ކަމެއްކަމަށް ބުނެގެން ނުވާނެއެވެ. އެގޮތަށް މާނަކޮށްގެންވެސް ނުވާނެއެވެ.
ސަރުކާރެއް މަސްއޫލިއްޔަތަކީވެސް ރައްޔިތުންނަށް ޚިދުމަތްކުރެވެ. ރައްޔިތުންނަށް ކަންތައްތައް ލުއިކޮށް ފޯރުކޮށްދިނުމެވެ. އަބަދުވެސް ރައްޔިތުންގެ ހާލުއަހުވާލު ބަލައި، ރައްޔިތުންނަށް ފޯރުކޮށްދެވޭން އޮންނަ އެންމެ ބޮޑު ލުޔެއް ފޯރުކޮށްދިނުމެވެ. ރައްޔިތުންނަށް ކަންތަައްތައް ފަހިކޮށްދީ ފަސޭހަކޮށްދިނުމެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ދައުލަތަށް ދައްކާންވާ ކުލި ނުދެއްކޭ ހާލަތު މެދުވެރިވެފައި ތިބި ފަރާތްތަކަށް އެފައިސާ ނުދެއްކޭތީ އެ ފަރާތްތަކުން ދައުލަތަށް ދައްކާންވާ ފައިސާއިން އެއްވެސް މިންވަރެއް އުނިކުރުމަކާ ނުލައި ހަމައެކަނި ފައިސާ ނުދެއްކިގެން ވެފައިވާ ޖޫރިމަނާ މާފުކޮށްދިނުމަކީ ސިޔާސީ ފައިދާއެއްގެ ބޭނުމުގައި ކުރި ކަމެއްކަމުގެ ތުހުމަތު އުފެއްދުމަކީ، ވަރަށްވެސް ނާތަހުޒީބީ ކަމެކެވެ. ވަރަށްވެސް ބޮޑު ބޭއިންސާފެކެވެ. ތެދުނޫން ތުހުމަތެކެވެ.
ސިޔާސީ ވާދަވެރިކަމުގެ އިމަށް ފެތޭ ޒާތުގެ ކަމަކަށްވެސް އެފަދަ ތުހުމަތު ނުފެތެއެވެ. އަދި ތުހުމަތަކީ ޑިމޮކްރަސީގެ ސިފައެއްވެސް ނޫނެވެ.



advertisment