މުސްކުޅި އަންހެނަކު ބޭންކުގެ ކައުންޓަރަށް ގޮސް އޭނާގެ މެންބަރުކަމުގެ ކާޑު ދިއްކޮށްލައިފައި ސްޓާފެއްގެ ގާތުގައި 10 ޑޮލަރު ނަގައިދިނުމަށް އަދަބުވެރިކަމާއެކު އެދުނެވެ.
ކެތްތެރިކަން މަދުވެފައިވާ ރާގެއްގައި ސްޓާފު ބުންޏެވެ: "ސަތޭކަ ޑޮލަރަށްވުރެ މަދު އަދަދެއް ނަގާ ނަމަ އޭޓީއެމްއަށް ދާށެވެ."
ކަންބަލާހިތްވާ ރާގަކަށް އަންހެންމީހާ އެއީ ކީއްވެތޯ ސުވާލުކުރިއެވެ.
ސްޓާފުގެ ގާތަށް އެހާ ހިސާބުން ފާޑަކަށް ރުޅި އައެވެ. އަދި ކާޑު އަނބުރައި ދީފައި ރުންކުރު ގޮތަކަށް ބުންޏެވެ: "މިއީ ގަވައިދުގައިވާ ގޮތެވެ. އިތުރު ބޭނުމެއް ނެތް ނަމަ، މި ތަނުން ދުރަށް ދާށެވެ. ކަސްޓަމަރުންތަކެއް ކިއޫގައި މަޑުކޮށްގެން އެބަތިއްބެވެ."
އަންހެންމީހާ އިރުކޮޅަކު މަޑުކޮށްލިއެވެ. ދެން ކާޑު އަނެއްކާވެސް ސްޓާފާ ހަވާލު ކުރިއެވެ. އަދި ހަމަޖެހިލައިފައި ބުންޏެވެ: "ތިޔަހެންވިއްޔާ އަހަރެންގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ނަގަން މަށަށް އެހީވެދޭށެވެ."
ހައިރާންކަން ލިބިފައި އެ އަންހެންމީހާގެ އެކައުންޓް ސްޓާފު ޗެކުކުރިއެވެ. އަދި އެކައުންޓްގައި ހުރި ގިނަ ފައިސާގެ އަދަދު ފެނިފައި އެ ސްޓާފުގެ މޫޑު ބަދަލުވެގެންދިޔައެވެ.
ދެން އަންހެންމީހާއަށް އިހްތިރާމް ކުރުމުގެ ރާގެއްގައި ބުންޏެވެ: "މަ ސާހިބާއެވެ. ތިބާގެ އެކައުންޓްގައި 300،000 ޑޮލަރު އެބަހުއްޓެވެ. އެ ވަރަށް ނެގޭކަށް ނަގުދު ފައިސާއެއް މި ވަގުތަކު ނެތެވެ. ތިބާ އެޕޮއިންޓްމަންޓެއް ހަމަޖައްސައިފައި މާދަމާ އާދެވިދާނެ ހެއްޔެވެ؟"
އަންހެންމީހާ ހީލިއެވެ. އަދި ސުވާލުކުރިއެވެ: "މި ވަގުތު އަހަރެންނަށް ނެގެން އޮތީ ކިހާ ފައިސާއެއް ހެއްޔެވެ؟"
ސްޓާފު ޖަވާބު ދިނެވެ: "އެންމެ ގިނަ ވެގެން 3،000 ޑޮލަރާ ހަމައަށް ނެގިދާނެއެވެ."
އިސާހިތަކު އަންހެންމީހާ ބުންޏެވެ: "ރަނގަޅެވެ. އަހަރެން 3،000 ޑޮލަރު ބޭނުމެވެ."
ރަހްމަތްތެރިކަމުގެ ގޮތް ދައްކައިލައި ކަހަލަ ހިނިތުންވުމެއް ވެލައިފައި ސްޓާފު އަންހެންމީހާއަށް އެ ވަރަށް ނަގުދު ފައިސާ ދިނެވެ.
އެ ފައިސާގެ ތެރެއިން އަންހެންމީހާ 10 ޑޮލަރު ވަކިން ނެގިއެވެ. އަދި އޭނާގެ ޕާސްއަށް ލިއެވެ.
ބާކީ އޮތް 2،990 ޑޮލަރު އޭނާ އަލުން ސްޓާފާ ހަވާލުކުރިއެވެ. އަދި ބުންޏެވެ: "މި 2،990 ޑޮލަރު އަހަރެންގެ އެކައުންޓަށް އަލުން އަނބުރާ ލާށެވެ."
އިބްރަތް: ދުވަސް މީހުންނަށް އިހްތިރާމް ކުރާށެވެ. އެންމެ އާދައިގެ ގޮންޖެހުންތަކާ ވެސް ކުރިމަތިލާނެ ހުނަރު އުނގެނެން އެ މީހުން ވަނީ ދިގު ހަޔާތެއް ވޭތުކޮށްފައެވެ.



advertisment