ތިބާ ދެކެ ހަގީގީ ލޯބިވާ އަންހެނަކު ތިބާއަށް އޮޅުންއަރައި (ކޮންފިއުސް) ކުރާ ގޮތަކަށް ނޫޅޭނެއެވެ. އޭނާ ތިބާ ދެކެ ވާ ލޯބި ހާމަކުރަމުންދާނީ ހަމަޖެހިލައިގެން ހުރެ، ދެ ގޮތެއް ނުވާ ގޮތަށް، ވަފާތެރިކަން ދައްކައިގެންނެވެ.
މި ބަލައިލަނީ އަންހެނަކު ތިބާ ދެކެ ހަގީގީ ލޯބިވާކަން ދެނެގަންނާ އަށް ގޮތަށެވެ. އެއީ:
- އޭނާ ދައްކާ ވާހަކަ ސާފުވާނެއެވެ. ހުރިހާ އެއްޗެއް ބުނާނީ ހަމަޖެހިލައިގެން ހުރެ ސީދަލަށެވެ. އޮޅުން އަރާ ޒާތުގެ މެސެޖްތަކެއް ނުދޭނެއެވެ. އަދި ތިބާއަކީ އޭނާ ކުޅޭ ކުޅިވަރެއް ކަމަކަށް ނުހަދާނެއެވެ.
- އޭނާ އެންމެ އިސްކަމެއް ދޭނީ ތިބާއަށެވެ. އޭނާ ތިބާއަށްޓަކައި ވަގުތު ދޭނީ ތިބާއަކީ އޭނާއަށް މުހިންމު މީހަކަށްވާތީއެވެ. ވާޖިބު ވެގެން ކުރާ ކަމެއްގެ ގޮތަކު ނޫނެވެ.
- ތިބާގެ މިނިވަންކަމާއި އަމާޒުފަތްގަނޑުތަކަށް އޭނާ އިހްތިރާމް ކުރާނެއެވެ.
- އޭނާ ތިބާއާމެދު އަމަލުކުރާނީ އަމާޒުތަކަކާއެކުއެވެ. ކަމެއް ނެތިފައި، ޑްރާމާ ކުޅެން ނުވަތަ ކަމަކާ ނުލައި ތިބާގެ ސަމާލުކަން ހޯދާކަށް ނޫނެވެ.
- އޭނާ ތިބާއަށް ވަފާތެރިވާނެއެވެ. އެހެން މީހުންނާ ޖިންސީ ސަމާސާ (ފްލާޓް)އެއް ނުކުރާނެއެވެ. އޭނާގެ ހުރިހާ ކަމެއް އަމާޒު ކުރާނީ ތިބާއަށެވެ.
- އެންމެ ދަތިއުނދަގޫ ވަގުތުތަކުގައި ވެސް އޭނާ ތިބާގެ ގާތުގައި ވާނެއެވެ. އަދި ކެނޑިނޭޅި މުއާމަލާތް ކުރަމުންގެންދާނެއެވެ.
- ކޮންމެ ދުވަހަކުމެ އޭނާ ތިބާ ހިޔާރު ކުރާނީ އޭނާ ވެސް މަސައްކަތަކާ ލައިގެންނެވެ. ތިބާއާމެދު އަޅާލާނެއެވެ. އަދި ތިބާގެ ގާތުގައި ހުންނާނެއެވެ.
- ތިބާއަކީ އޭނާގެ މީހެއްކަން މުޅި ދުނިޔެއަށް ވެސް ހާމަކުރަން އޭނާ ޖެހިލުމެއް ނުވާނެއެވެ.
މި ކަހަލަ ސިފަތައް ހުރި އަންހެނަކު ތިބާއަށް ލިބިއްޖެ ނަމަ، އެ ކަމުގެ އަގު ވަޒަން ކުރާށެވެ. ހަގީގީ ވަފާތެރިކަމަކީ ނާދިރު އަދި އަގު ނުކުރެވޭނެ ސިފައެކެވެ.
- ތަރުޖަމާއެއް
