އެއް ފަހަރެއްގައި އުޅުނު ކުއްތާއެކެވެ. މީހުންނާ ދިމާއަށް އަޑުގަދަކޮށް، އަދި އެ ސޮރަށް ގެއްލުމެއް ނުދިން ނަމަވެސް، މީހުންގެ ގައިގައި އެ ސޮރު ދަތްއަޅައެވެ. އަދި މިހެންވެ، އެ ސޮރުގެ ވެރި މީހާގެ ގެއަށް ދާ ކޮންމެ މީހަކަށް އެ ސޮރަކީ ބޮޑު އުނދަގުލަކަށްވެއެވެ.
އެހެންކަމުން، ވެރި މީހާ ކުރި ކަމަކީ އެ ކުއްތާގެ ކަރުގައި ރަނގަބީލެއް އެޅުވީއެވެ. އެއީ އެ ގެއަށް ދާ މީހުންނަށް، އެ ސޮރު ގާތުގައި އުޅޭކަން އަންގައިލުމަށް އިންޒާރެއްގެ ގޮތުންނެވެ.
ރަނގަބީލާމެދު ކުއްތާ ވަރަށް ފަހުރުވެރިވިއެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ޒާތަކަށް، އެ ރަނގަބީލުގެ އަޑު މަޑުމަޑުން އިވޭނެ ގޮތަކަށް އެއާ ކުޅެމުން ހިނގައިލަހިނގައިލަ އުޅެއެވެ.
އެކަމަކު ދެން މުސްކުޅި ކުއްތާއެއް އެ ސޮރުގެ ގާތަށް އައެވެ. އަދި ބުންޏެވެ:
"އަހަރެންގެ ރަހްމަތްތެރިޔާއެވެ. ތިބާގެ ބޮޑާކަން އެހާ ބޮޑުނުކޮށް އުޅުމުން ރަނގަޅުވާނެއެވެ. ތިޔަ ރަނގަބީލަކީ ތިބާގެ މޮޅުކަން ފާހަގަ ކުރަން ދިން ހަދިޔާއެއް ކަމަށް ތިބާ ނުދެކެންދޯއެވެ؟ ހަގީގަތުގައި ތިޔަ ރަނގަބީލަކީ، ތިބާގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތްކަން އަންގައިލަން ދިން ނިޝާނެކެވެ."
އިބުރަތް:
ނުބައި ގޮތަކަށް މީހާ އިސްތިހާރުވުމަކީ ހަގީގަތުގައި އޭނާ ރަނގަޅު މީހެއްގެ ގޮތުގައި މަޝްހޫރުވުމެއް ނޫނެވެ.
ނޯޓް:
މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް – ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރާ މީހެއް – އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.
އީސޮޕްއަކީ "ފޭބްލް" ނުވަތަ "މުނާފިގުކަން" ދައްކުވައިދިނުމުގެ ގާބިލުކަން ހުރި އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ، ހަމައެކަނި "ދެ ފުށް ކެހެރި" މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، އޭގެ އަސްލު ވާހަކަ ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



advertisment