Support Us

ޗާލީ ޗެޕްލިންގެ ނޭނގޭ ވާހަކައެއް- ކުށެއް ވެސް ބަދަލުވީ މަޖާގަނޑަކަށް

އިނގިރޭސި ވިލާތުގައި 1889 އިން 1977 އަށް އުޅުނު، އަދި ފަހުން އެމެރިކާގައި 40 ދަހަރު އުޅެފައި، ކޮމިއުނިސްޓެއް ކަމަށް ތުހުމަތު ކުރެވުމުން، ސްވިޒަލެންޑަށް ބަދަލުވި، އިނގިރޭސި ވިލާތުގެ ދައުލަތުގެ ޝަރަފުވެރި ލަގަބު "ސާ" އަރުވައިފައިވާ، ކޮމެޑީ އެކްޓަރު، ފިލްމް އަދި މިއުޒިކް ވެސް ހަދައި ޗާލީ ޗެޕްލިއަންއަށް އެއް ފަހަރަކު ދިމާވި ހާދިސާއެއް އޭނާ ކިޔައިދިނީ މި ގޮތަށެވެ:

އެއް ދުވަހަކު، އެމެރިކާގެ ބިންގަރާސް ރޭލަކުން ދަތުރުކޮށްފައި، ގެއަށް އާދެވުނުއިރު، އަހަރެންގެ ޖީބުން ފެނުނީ ރަނުގެ ގަޑިއެއް. މަގޭ ޖީބަށް އެ ވަން ގޮތެއް ނޭނގޭ. ކޮންމެވެސް ގޯހެއް އުޅެނީ ކަމަށް ހިތައި، ފުލުހުންނާ އެ ހަވާލުކުރަން އަހަރެން ނިންމީ.

ޖެހިގެން އައި ދުވަހު އަހަންނަށް ސިޓީއެއް ލިބުނު. އޭގައި ބުނެފައިވަނީ:

'އެކުވެރި އަލްފާޟިލް ޗެޕްލިންއަށް. އަހަރެންނަކީ ތަމްރީންވެފައިވާ ގޮތުން ޕިކްޕޮކެޓްއެއް*. ބިންގަރާސް ރޭލުން އިއްޔެ މީހެއްގެ ރަނުގެ ގަޑި އަހަރެން ވަގަށް ނެގިން. އެކަމަކު ތިބާއަކީ ކާކުކަން އެނގިފައި، އަހަރެން ނިންމީ އެއީ ހަދިޔާއަކަށް ހަދަން. އަދި މިހެންވެ، ތިބާގެ ޖީބަށް ލީ.'

އޭގެ އެއް އަހަރު ފަސް. ފުލުހުންނަށް އެ ވަގުކަލޭގެ ހޯދައެއް ނުގަނެވުނު. އަދި އެ ރަނުގެ ގަޑީގެ އަސްލު ވެރިޔާ ވެސް (ނުހޯދުނު). އެހެންކަމުން، އެންމެ ފަހުން އެ ގަޑި އަހަރެންނަށް އަނބުރައި ދިނީ.

މި ވާހަކަ ނޫސްތަކަށް އެރި. އަދި ދުވަސްތަކެއް ފަހުން އަހަރެންނަށް އިތުރު ސިޓީއެއް ލިބުނު. އޭގައި ބުނެފައިވަނީ:

'އެކުވެރި އަލްފާޟިލް ޗެޕްލިންއަށް. މީގެ އެއް އަހަރު ކުރިން އަހަރެންގެ ރަނުގެ ގަޑި ގެއްލުނީ ބިންގަރާސް ރޭލުގައި ހުއްޓައި. ނޫސްތަކުން އަހަރެން ކިއި ގޮތުގައި ޕިކްޕޮކެޓެއް ތިބާއަށް ވަނީ އެ ގަޑި ހަދިޔާކޮށްފައި. އެ ގަޑި ތިބާގެ އަތުގައި ބާއްވައި، އަލްފާޟިލް ޗެޕްލިން. އެ ވަގުކަލޭގެއެކޭ އެއް ފަދައިން އަހަރެންނަކީ ވެސް ތިބާގެ އާދަޔާ ހިލާފު ހުނަރު ބަލައިގަންނަ މީހެއް. އަހަރެން އިތުރަށް މި ފޮނުވަނީ އެ ގަޑީގައި އަޅުވައިނެ ރަން ޗޭނުކޮޅެއް ވެސްމެ.'

ފުރިހަމަ ނަމުން ނަމަ، ޗާލްސް ސްޕެންސާ ޗެޕްލިން ނުވަތަ ޗާލީ ޗެޕްލިންގެ ފިލްމްތަކުން ފެންނަ ފަދައިން، މިއީ ވަރަށް ފުރިހަމަ ޗާލީ ޗެޕްލިން ވާހަކައެކެވެ. އޭނާގެ ހަޔާތުން ފެނިގެން ގޮސްފައިވަނީ މަޖާކަން ހަމްދަރުދީއަށް ބަދަލުވާ ގޮތެވެ. އެހެންކަމުން މި ހާދިސާއަކީ ވެސް ކުށެއް "ރީތި" އެއްޗަކަށް ބަދަލުވާ ތަނެވެ. އަޑު ނެތް ފިލްމްތަކުގެ ޒަމާނުން ފެށިގެން ފިލްމް ހަދަމުން އަދި ކުޅެމުން އައި ޗާލީ ޗެޕްލިންއަށް، އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާ އެވޯޑުގައި، ޝަރަފުވެރިކަމުގެ އޮސްކާ އެވޯޑެއް ލިބުނެވެ.

  • ތަރުޖަމާއެއް

* ޕިކްޕޮކެޓްއަކީ މީހުން އެއްވާ ތަންތާނގައި، މީހެއްގެ ސަމާލުކަން ރަނގަޅަށް ނުދެވި ހުއްޓައި، އޭނާގެ ޖީބުން ނުވަތަ ދަބަހަކުން އެއްޗެހި ވަގަށް ނަގާ މީހުން. އަތުގެ ލުއި ހަރަކާތްތަކަކުން މި ފަދަ ވައްކަންތައް ކުރުމުގައި ގްރޫޕް ހަދައިގެން ވެސް އުޅޭ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *