ފައިސާ ލިބެނީ ކިހިނެތް ވީމާ ހެއްޔެވެ؟ އަދި އެ ލިބުމުންނާއި ނުލިބުމުން ވެސް އާހިރުގައި ލިބޭ ނަތީޖާތަކަކީ ކޮބައި ހެއްޔެވެ؟ އެ ގޮތުން މި ބަލައިލަނީ ފައިސާ ލިބުމުގައި ބެލެވިދާނެ ހަ "ގުދުރަތީ ގާނޫނަ"ށެވެ:
ހ. ފައިސާ "އަންނަނީ" އެ "ބޭނުންވާ" މީހުންނަކަށް ނޫނެވެ؛ ނަމަވެސް އެ ލިބުން "ހައްގު" މީހުންނަށެވެ.
ށ. ފައިސާ ހިފެހެއްޓިފައި ހުންނަނީ އެ "ބޮޑަށް ހޯދާ" މީހުންނަކަށް ނޫނެވެ؛ ނަމަވެސް "ވިސްނުންތެރިކަމާއެކު ހަރަދުކުރާ" މީހުންގެ އަތުގައެވެ.
ނ. ފައިސާއަކީ ތިބާގެ "ހާދިމެއް"ގެ ރޯލު އަދާކޮށްފާނެ އެއްޗެކެވެ. އަދި ހަމަ އެއާއެކު ތިބާ އޭތީގެ "ހާދިމަކަ"ށް، މާނައީ "އަޅަކަށް" ވެސް ހަދައިފައިނެއެވެ.
ރ. ފައިސާ ލިބޭ ތާނގައި ގިނައިން ފަހަށް ރައްކާކުރާ ނަމަ، އެއަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އެ ފައިސާ ތިބާ ސަލާމަތްކޮށްދޭނެއެވެ.
ބ. ކަނުކަމާއެކު ފައިސާ ދެކެ ލޯބިވާ ނަމަ ތިބާގެ އިންސާނިއްޔަތުކަން ނެތިގެންދާނެއެވެ.
ޅ. ތިބާގެ "އެދުންތަ"ކާއި "ބޭނުންތައް" ހުންނަހާ ހިނދަކު ތިބާ އެންމެ ހިތްހަމަޖެހޭ ވަރަށް ދުވަހަކު ވެސް ފައިސާ ނުލިބޭނެއެވެ.
މި ބަޔާންކޮށްލި ހަ ނުކުތާގައި ހިފަހައްޓައިގެން ހަޔާތައިގެން ކުރިއަށް ދާ ނަމަ، ފައިސާއަކީ ތިބާގެ ދިރިއުޅުން ބަރުބާދުކުރުމުގެ ބަދަލުގައި އާރާސްތުކޮށްދޭނެ "އާލާތަކަ"ށް ވާނެއެވެ.
- ނޯޓް: ކޯރާ ފޯރަމްގައި އެމޭނުއަލް ނުވީކް ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ
