Support Us

ތަޅުދަނޑިފޫ ވިއްކައިގެން މެންދުރު ކެއުމުގެ ދަރަނި އަދާކޮށްދީފި

ވޮޝިންގްޓަންގެ ވެންކޫވަރ އަށް ނިސްބަތްވާ އަށް އަހަރުގެ ކުއްޖަކު، ތަޅުދަނޑިފޫ ވިއްކައިގެން ކްލާސްކުދިންގެ މެންދުރު ކެއުމުގެ ދަރަނި އަދާކޮށްދީފިއެވެ.

ބެންޖަމިން ފްރެންކްލިން އެލެމެންޓަރީގައި ކިޔަވަމުންދާ ކިއޮނީ ޗިންގް އަށް މި ހިޔާލު ކުރެވުނީ ސްކޫލުގައި ބޭއްވި ކައިންޑްނަސް ވީކްގައި ކުރާނެ ކަމަކާ މެދު އޭނާގެ މަންމައާއެކު ވިސްނަމުން ދަނިކޮށެވެ. މިގޮތުން ސިއެޓްލް ހޯކްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ރިޗަރޑް ޝާރމަންގެ އަމަލުތަކުން އޭނާ މިސާލު ނަގާފައިވެއެވެ. ރިޗަރޑް އަކީ ސްކޫލްތަކުގެ ކެއުމުގެ ދަރަނި އަދާކުރުމަށް 27000 ޑޮލަރު ހަދިޔާކޮށްފައިވާ ފަރާތެކެވެ.

ޖުމްލަ 300 ތަޅުދަނޑިފޫ ވިއްކައިގެން ކިއޮނީ އަށް 4015 ޑޮލަރު ލިބިފައިވެއެވެ. މި އަދަދުން ކިއޮނީގެ ސްކޫލަށް 1000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ. އަދި މީގެ އިތުރުން 6 ސްކޫލަށް 500 ޑޮލަރުގެ މަގުން ހަދިޔާކޮށްފައިވެއެވެ.

އޭނާގެ މަންމަ އެޕްރިލް ޗިންގް ބުނެފައިވާ ގޮތުން ގައުމުގެ އެކި ހިސާބުތަކުން އޯޑަރު ލިބުނެވެ. މިގޮތުން އެލެސްކާ، ރޯޑް އައިލެންޑް، މިނެސޮޓާ އަދި އެރިޒޯނާ ހިމެނެއެވެ. "އެކަކު ގަތް 100 ޑޮލަރަށް ވާ ވަރަށްވެސް. އަދި އެހެން މީހަކު އެކަތި ގަނެފަ ކިއޮނީއަށް 100 ޑޮލަރުވެސް ދިން. އަސްލު ވަރަށް އުފާވި މުޖްތަމައިން މިހާ ބޮޑު އެއްބާރުލުމެއް ލިބުނީމަ." އެޕްރިލް އިތުރަށް ބުނެފައިވެއެވެ.

ސްކޫލަތަކުގެ ކެއުމުގެ ދަރަންޏަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޔޫ.އެސްގައި އިތުރުވެފައިވާ މައްސަލައެކެވެ. މިގޮތުން 2017 އަދި 2018ވަނަ އަހަރުގައި ސްކޫލް ނިއުޓްރިޝަން އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ 75 ޕަސެންޓް ސްކޫލަތަކުން ދަރަނިވެރި ވެފައިވާ ކަމަށް އެ އެސޯސިއޭޝަން އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *