Support Us

ކިޑްސް-އެއިޑް: ކުޑަކުދިންގެ ދިފާއުގައި 17 އަހަރުގެ ކުއްޖަކު އުފެއްދި އޭ.އައި

ހޮންކޮންގަށް އުފަން އުމުރުން 17 އަހަރުގެ ޗައު ސްޒެ ލޮކް އަކީ އާދަޔާ ހިލާފު ވިސްނުމެއްގެ ކުއްޖެއް ގޮތުގައި ފާހަގަކުރެވިފައިވާ އަންހެން ކުއްޖެއް ނޫނެވެ. އޭނާއަކީ އެހެން ދަރިވަރުން ފަދައިން ކިޔަވައިފައި ގޭގައި ކުރަންޖެހޭ މަސައްކަތް ކޮށްގެން އުޅެމުން އައި ކުއްޖެކެވެ.

އެއް ދުވަހަކު ކަމަކާ ބެހޭ ގޮތުން މައުލޫމާތު ހޯދަން އުޅުމުގެ ތެރޭގައި ޗައިލްޑް ކެއަރ ސެންޓަރުތަކުގައި ހިނގާ އަނިޔާވެރި އަމަލުތަކާ ބެހޭ އާޓިކަލެއް އޭނާ އަށް ފެނުނެވެ. ޗައު ހައިރާންވީ އެ ކުދިން ތަހައްމަލު ކޮށްފައިވާ އަނިޔާއިން އެކަންޏެއް ނޫނެވެ. ނަމަވެސް އެފަދަ ލާއިންސާނީ އަމަލު ހިންގި އިރު އެކަން އެއްވެސް މީހަކަށް ރޭކާ ނުލިކަމެވެ. ޗައު އަށް އެނގުނީ ކުޑަކުދިންނަށް ކުރާ ގޯނާ މިހާރު ބޭނުންކުރާ ސީ.ސީ.ޓީ.ވީ ނިޒާމުތަކުން ފާހަގަކޮށް މީހުންގެ ހޭލުންތެރިކަމަށް އެ ކަންތައް ގެނައުމުގެ ގާބިލުކަން ނެތްކަމެވެ. އެހެންކަމުން ދެން އައި ހަ މަސް އޭނާ ހޭދަކުރީ ކިޑް-އެއިޑް އުފެއްދުމުގައެވެ. އޭނާގެ، 12 އަހަރުވީ ބާ ލެޕްޓޮޕް ބޭނުންކޮށްގެންނެވެ.

ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ މީހުން ސިއްސުވައިލި ކިޑްސް-އެއިޑް ހަދައިފައި ވަނީ ޓެކްނޮލޮޖީގެ އެހީގައި ކުޑަކުދިންނަށް ދޭންޖެހޭ ރައްކާތެރިކަން ދެވޭނޭ ކަމުގެ އުންމީދުގައެވެ. މި ސޮފްޓްވެއަރ އުފެއްދުމަށް ރެއަކަށް ފަހު ރެއެއް ކޯޑު ކުރަމުން ގެންދިޔައިރު އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ނުދިޔައީ އޭނާގެ ހިތުގައި އުފެދުނު ކުޑަކުދިން ރައްކާތެރިކުރުމުގެ އަޒުމުގެ ސަބަބުންނެވެ. މި ސޮފްޓްވެއަރ ތައްޔާރުކުރަން އެއްވެސް ކުންފުންޏަކުން އޭނާއަކަށް އެހީ ލިބިފައެއްނުވެއެވެ.

ކިޑްސް-އެއިޑް އިން ޑޭކެއަރ ސެންޓަރުތަކުގެ ތެރޭގައި ހިނގާ އަނިޔާކަމަށް ޝައްކުވާ ކަހަލަ ކަންކަން ސީ.ސީ.ޓީ.ވީ ފުޓޭޖުތައް އޭ.އައި ބޭނުންކޮށް ބަލައި ވަގުތުން ފާހަގަކުރެއެވެ. އަދި އެ ކަންކަން މެނޭޖްމަންޓުގެ ހޭލުންތެރިކަމަށް ގެނެސްދެއެވެ.

ޗައު އަށް އޭނާގެ އުފެއްދުމުގެ މޮޅުކަން އެނގުނީ މުބާރާތްތަކުން ބޮޑެތި ފަންޑިން ލިބިގެން ކޮށްފައިވާ އީޖާދުތައް ބަލިކޮށް އޭނާގެ އުފެއްދުމަށް ލިބުނު ބޮޑު ތަރުހީބުންނެވެ. އޭނާ މިހާރު ވަނީ ދުނިޔޭގެ އެތައް މުބާރާތެއްގައި ވާދަކޮށް ރަން ވަނަތައް ހޯދައިފައެވެ.

ސައިންސް ކޮމިޔުނިޓީން ބުނާގޮތުގައި ކިޑް-އެއިޑް އަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަން ޖެހޭ އަސްލު ގޮތަށް ބޭނުން ކޮށްގެން އުފައްދައިފައިވާ އުފެއްދުމެވެ. އޭގެން ރައްކާތެރިކަން ދޭނީ މުޖުތަމައުގެ އެންމެ ރައްކާތެރިކަން ހައްގު ފަރާތްތަކަށެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *