Support Us

މިރޭގެ ރަތްހަނދުކޭތަ އާއެކު ފުރިހަމަ މާރަހައެއް!

މިރޭގެ ރަތްހަނދުކޭތަ އާ އެކު ފުރިހަމަ މާރަހައެއް ވާނެއެވެ. މާރަހަވުމާއި އެއްއުއިވުމަކީ ފަލަކީ ނަޒަރުން ވަރަށް ތަފާތު ދެކަމެކެވެ.

މިފަހަރުގެ ހަނދުކޭތަ ފުރިހަމަވާ ވަގުތުގައި އިރާއި ދުނިޔެއާއި ހަނދުގެ ސީދާ މެދުން އެއްލޮންސިއަކަށް އަމުނާލާފައި ހުންނައިރު ހުންނާނޭ ގޮތް ހިތަށް ތަޞައްވުރުކޮށްލީމާ، ޚިޔާލަށް ސިފަވާނީ އެވަގުތު ކައުނުގައި އިރާއި ދުނިޔެ އާއި ހަނދު ހުންނާނޭ ގޮތުގެ ތަޞައްވުރެވެ.

އެއްއުއިވުމަކީ އެއްމިޞްރަބަކަށް އެކައްޗަށް ވުރެން ގިނަ ތަކެތި ފަލަކީ ގޮތުން ދިމާވާ ދިމާވުމަށް ފަލަކީ ގޮތުން ބޭނުންކުރާ އިޞްޠިލާޙެކެވެ.

މިރޭ ކޭތަ އެންމެ ފުރިހަމަވާ ވަގުތު ހަނދު ދުނިޔެއަށް އޮލަނބުވާ ދުނިޔޭގެ ތަނަކީ ނުވަތަ ޕޮޒިޝަނަކީ، ކޮބައިތޯ ބަލާއިރު އެއްވެސް ބައްރަކަށް އެވަގުތު ހަނދު އޮލަނބެެއް ނުވާނެއެވެ.

ކޭތަ އެންމެ ފުރިހަމަވާ ވަގުތު ހަނދު ހުންނާނެ ތަން އެންމެ ފަސޭހައިން ދޭހަވާނޭ މިސާލަކުން ބަޔާންކުރާނަމަ ބުނެދެވޭނެ ގޮތަކީ، ހަނދުގެ ދުނިޔެއާވީ ފަރާތުގެ މެދުން ދުނިޔެއަށް ހަނދުން އޮލަނބެެއް ލައިފިނަމަ އޮލަނބު އައިސް ޖެހޭނީ އިންޑިއަން އޯޝަންގެ ކަނޑުން ރާއްޖޭގެ އިރުދެކުނު ސަރަހައްދަށެވެ. އިންޑިއަން އޯޝަންގެ ކަނޑުގެވެސް އިރުމަތީ ސަރަހައްދަށެވެ.

ފުވައްމުލަކާއި އައްޑޫ އާއި ދިމާއިން އިރުދެކުނުން 1400 ކިލޯމީޓަރ ހިސާބު އިރުމައްޗަށެވެ. ޑިއޭގޯގާސިއާގެ އިރުއިތުރުރުން 1600 ކިލޯމީޓަރ އިރުމައްޗަށެވެ. ސްރީލަންކާގެ އިރު ދެކުނުން 1300 ކިލޯމީޓަރގެ ދެކުނަށެވެ. އިންޑޮނޭޝިޔާގެ ހުޅަނގު ޖަޒީރާތަކުގެ ސަރަހައްދުގެ ހުޅަނގުގެ ދެކުން 1400 ކިލޯމީޓަރ ހުޅަނގަށެވެ. އޮސްޓްރޭލިޔާގެ ހުޅަނގު ސަރަހައްދުގެ ހުޅަނގު ދެކުނުން 2700 ކިލޯމީޓަރ ހުޅަނގު ދެކުނަށެވެ.

އެހެންކަމަށްވާތީ މި ކޭތަ އެންމެ ފުރިހަމަޔަށް ފެންނަ ސަރަހައްދަކަށްވާނީ ބުނެވުދިޔަ ސަރަހައްދެވެ. އެ ގޮތުން އެ ޕޮޒިޝަނާ އެންމެ ކައިރި އެއް ގައުމަކީ ރާއްޖެކަމަށް ވާނެއެވެ.

ހަނދު ދުނިޔެއާ ހުންނަ ދުރުމިނުގެ ގޮތުން މިރޭ ހަނދު ހުންނާނެ ދުރުމިނަކީ 369,000 ކިލޯމީޓަރ އެވެ. އެހެން ކަމަށްވަތީ ދުނިޔެއާ އެންމެ ދުރަށް ހަނދު ދަތުރުކުރާ މިންވަރަށް ވުރެ 36,000 ކިލޯމީޓަރ ދުނިޔެއާ ކައިރީގައި ހަނދުގެ ހުންނާނެތީ، މެދުމިނުގެ ސައިޒުގެ ހަނދަކަށް ވުރެން މިރޭ ހަނދު ފެންނަ ސައިޒު ބޮޑުވާނެ ކަމަށްވާތީ މިރޭގެ ކޭތަވާނީ އެންމެ ފުރިހަމަޔަށް ރާއްޖެއަށް ފެންނަ ރަތްހަނދުކޭތަ ތަކުން އެއް ރަތްހަނދުކޭތަ ފެންނާނެ ރެއަކަށެވެ.

މިރޭގެ ހަނދުކޭތައަކީ ފަހުގެ ތާރީޚު ތަކުން 2021 ވަނަ އަހަރުގެ ނޮވެމްބަރު 19 ގައި ހިފި ކޭތައަށް ވުރެން 35 މިނެޓް ވަގުތުމަދު ކޭތައަކަށްވާތީ ފަހުގެ ތަރީޚެއްގައިހިފި އެންމެ ވަގުތުދިގު ކޭތައަށް މިރޭގެ ކެތައެއް ނުވާނެއެވެ.

މިރޭ ވިލާ ގިނަޔަސް މޫސުން ގޯހެއް ނުވަނެއެވެ. އުންމީދު ކުރަނީ ރައްޖޭގެ ހުރިހައި ރަށަކަށްވެސް މި ކޭތަ ބެލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *