ޖޫނިއަރ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލްގައި ރޭ ބޭއްވި ފައިނަލް ދެ މެޗް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ. ފައިނަލް ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި "މާލޭ" ޓީމާއި "އޭދަފުށީ" ޓީމް ވާދަކޮށްފައިވާއިރު، ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ" އެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި ހަނދާނީ ލިޔުމާއި މެޑަލް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް"ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީވެސް ވަނީ ދީފައެވެ.



advertisment