ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ޗައިނާގެ މަޝްހޫރު ތިން ސިޓީއަކަށް ވަރަށް ހެޔޮ އަގެއްގައި ދަތުރުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ހެޔޮ އަގެއްގައި ދިވެހިންނަށް ޗައިނާގެ ސަގާފަތް ބަލައިލާ ވިޔަފާރިކޮށްލުމަށް ރަނުގެ ފުރުސަތެކެވެ. މި އަގުތަކުގައި ދަތުރުކުރެވޭނީ މިއަހަރުގެ އޮކްޓޯބަރު 28 އިން ފެށިގެން 15 ނޮވެމްބަރާ ހަމައަށެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ދަތުރުކުރެވޭނީ ޗައިނާގެ ޝަންހާއީ، ޗެންގްދޫ އަދި ބެއިޖިންގް އަށެވެ.
ޗައިނާގެ މި ތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރެވިދާނޭ ކަންތައް ތަކުގެ ތެރޭގައި:

ޝަންހާއީ:
• ބަންޑު ސަރަހައްދުގައި ހިނގައިލުން
• ޕޫޑޮންގްގެ އުސް އިމާރާތްތަކުގެ މަންޒަރު ބަލައިލުން
• ޝަންހާއީ ޑިޒްނީލޭންޑަށް ޒިޔާރަތްކުރުން
• ތާރީޚީ ޔޫ ގާޑަންގައި ހިނގާލުން.

ޗެންގްދޫ:
• މަޝްހޫރު ޖަޔަންޓް ޕެންޑާތައް ބަލައިލުން
• ކުޅިކޮށް ކާން ލޯބިކުރާ މީހުންނަށް، ދުނިޔެއަށް މަޝްހޫރު ސިޗުއާން ހޮޓްޕޮޓް ރަހަބަލައިލުން

ބެއިޖިންގ:
• ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން ހިމެނޭ ޗައިނާގެ މަޝްހޫރު ގްރޭޓް ވޯލްގައި ހިނގައިލުން
• ފޮބިޑަން ސިޓީއާއި ޓިއަނާންމެން ސްކުއެއަރ ފަދަ ތަންތަން ބަލައިލުން
މާލެއާއި ޗައިނާއާ ދެމެދު ދެކޮޅު ފްލައިޓުގެ އަގުތައް:
1. ޝަންހާއީ- 499 ޔޫ.އެސް ޑޮލަރު
2. ޗެންގްދޫ- 449 ޔޫ.އެސް ޑޮލަރު
3. ބެއިޖިންގ- 499 ޔޫ.އެސް ޑޮލަރު
މޯލްޑިވިއަންގެ ފްލައިޓްތައް ރޭވިފައިވަނީ މާލޭން ފުރާ ފްލައިޓުން ޗައިނާއަށް ހެނދުނު ފޯރާ ގޮތަށެވެ. މިއީ ވިޔަފާރި ބޭނުންތަކަށާއި، މަންޒަރު ބަލައިލުމަށާއި، އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލުމަށް ދަތުރުވެރިންނަށް ފަސޭހަވާނޭ ގޮތަށް ވިސްނައިފައެވެ. އަދި އެނބުރި މާލެ އަންނަ ފްލައިޓްތައްވެސް ޖައްސާނީ ހެނދުނުކަމުން ރަށްރަށުގެ މީހުންނަށް އެމީހުންގެ ރަށްރަށަށް އެނބުރި ދިޔުމަށް ފަސޭހަވެގެން ދާނެއެވެ. މިގޮތަށް ފްލައިޓްތައް ރޭވިފައިވަނީ ދަތުރުވެރިންނަށް އެމީހުންގެ ވަގުތު އެންމެ ފުރިހަމައަށް ބޭނުންކުރެވޭނޭ ގޮތަށް ވިސްނައިގެންނެވެ.
ފްލައިޓް ގަޑިތައް: (ރަށުގަޑިން)
މާލެ– ޝަންހާއީ: ހޯމަ ދުވަހުގެ ހެނދުނު 10:40
ޝަންހާއީ– މާލެ: އަންގާރަ ދުވަހުގެ ހެނދުނު 06:30
މާލެ– ޗެންގްދޫ: ބުދަ ދުވަހުގެ ހެނދުނު 08:50
ޗެންގްދޫ– މާލެ: ބުރާސްފަތި ދުވަހުގެ ހެނދުނު 05:50
މާލެ– ބެއިޖިންގް: ބުރާސްފަތި ދުވަހުގެ ހެނދުނު 09:55
ބެއިޖިންގ– މާލެ: ހޮނިހިރު ދުވަހުގެ ހެނދުނު 08:20
ޓިކެޓު މޯލްޑިވިއަން ވެބްސައިޓު މެދުވެރިކޮށް ނުވަތަ އެޕް މެދުވެރިކޮށް ގަނެވޭނެއެވެ. އަދި މޯލްޑިވިއަންގެ ރެޖިސްޓަރޑް ޕެސެންޖަރ ސޭލްސް މެދުވެރިކޮށް ވެސް ލިބޭނެއެވެ. އަދި މޯލްޑިވިއަންގެ 7/24 ހޮޓްލައިން 1671 އަށް ގުޅައިގެން ވެސް ލިބޭނެއެވެ.



advertisment

