މަދިރިއަކާ ވައްތަރު ޖަހާ މެއްސެއްގެ ބާވަތެއް ކަމަށްވާ ނޭޓެއް، ގެރިއެއްގެ ދެ ދަޅުން ކުރެ ދަޅެއްގައި ޖައްސައިލިއެވެ.
އެ ސޮރު އެހެން ވަރަށް ގިނަ އިރު މަޑުކޮށްގެން އިނެވެ.
އެކަށީގެންވާ ވަރަށް އަރާމު ކޮށްލުމަށް ފަހު، އުދުއްސައިލުމުގެ ކުރިން އެ ސޮރު ގެރިއާ ދިމާއަށް ބުންޏެވެ:
"އަހަރެން ދެން ދިޔަޔަސް ހެޔޮ ހެއްޔެވެ؟"
ގެރި ހަމައެކަނި ދެ ލޯ އުފުލައި ބަލައިލައި، އަދި ޝައުގުވެރިކަމެއް ނެތި ބުނެލިއެވެ:
"އަހަރެންނަށް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ތިބާ އައި ކަމެއް އަހަރެންގެ ސަމާލު ކަމަކަށް ނާދެއެވެ. އަދި ތިބާ ދިޔަޔަސް އަހަރެންނަށް އެ ކަމެއް ނޭނގޭނެއެވެ."
މި ކުރު ވާހަކައިގެ އިބުރަތްތެރި ފިލާވަޅު: ގިނަ ފަހަރަށް އަހަރެމެންނަށް އަހަރެމެންގެ އަމިއްލަ ނަފުސު މާ މުހިންމު ކަމަށް ދެކުނަސް، އަހަރެމެންގެ އަވަށްޓެރިންނަށް އެ ކަން ނުފެނިދާނެއެވެ.
ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.



advertisment