Support Us

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ވެރިރަށް ކޮޅުނބުގެ ގައުމީ ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި އެޑްމިޓް ކުރަނީ

އައި.ސީ.ޔޫގައި އެޑްމިޓް ކުރުމުގެ ސަބަބުން ރަނިލް ކޯޓަށް ހާޒިރު ނުވާނެ

މި ދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ހާލު ދެރަވެ، އައި.ސީ.ޔޫގައި އެޑްމިޓް ކުރަން ޖެހުމުން މާދަމާ ކޯޓަށް ހާޒިވެ ވަޑައިނުގަންނަވާނެ ކަމަށް، ވެރިރަށް ކޮޅުނބުގެ ގައުމީ ހޮސްޕިޓަލުން ބުނެފިއެވެ.

އިނގިރޭސި ވިލާތަށް 2023 ގައި ކުރެއްވި އަމިއްލަ ދަތުރެއްގެ ހަރަދު ހަމަޖެއްސެވީ ދައުލަތް މެދުވެރިވެގެން ކަމަށް ތުހުމަތުކުރުމަށް ފަހު ކޮޅުނބުގެ މެޖިސްޓްރޭޓް ކޯޓުން ރިމާންޑަށް ރަނިލް ހައްޔަރު ކުރުމަށް ފަހު، ކަފާލާތު ނުދީ އޭނާ ކޯޓަށް ހާޒިރު ކުރަން ހަމަޖައްސައިފައިވަނީ މާދަމާއެވެ.

ރަނިލް އައި.ސީ.ޔޫއަށް ބަދަލު ކުރީ ހަށިގަނޑުން މާ ބޮޑަށް ފެން މަދުވެ ނުވަތަ ޑިހައިޑްރޭޓް ވުމުގެ ސަބަބުން ސިއްހަތު އިތުރަށް ގޯސްވެދާނެތީ ކަމަށް ހޮސްޕިޓަލް އޮފިޝަލުން ބުންޏެވެ. އޭނާ ކޮޅުނބުގެ ގައުމީ ހޮސްޕިޓަލަށް ބަދަލު ކުރީ ލޭގެ ޕްރެޝަރާއި ލޭގެ ހަކުރުގެ މިންވަރު މައްޗަށް ދިއުމުން ފުރަތަމަ ޖަލު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

"ރަނިލްގެ ހާލު ގާތުން ބަލަމުން މި އަންނަނީ. އޭނާ މިހާރު ވަނީ ހަމައަކަށް އެޅިފައި،" ހޮސްޕިޓަލްގެ އޮފިޝަލަކު ބުންޏެވެ.

ރައީސް އަނޫރާ ޑިސަނަޔަކަގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށައިފައިވާ ކެމްޕޭންގައި ހައްޔަރު ކުރި، ސިޔާސީ ސަފުގެ ކުރީގައި ތިބި މީހުންގެ ތެރެއިން ރަނިލްއަކީ މިހާތަނަށް އެންމެ މަތީ މަގާމެއްގައި ހުންނެވި މީހާއެވެ.

ރަނިލްގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫ.އެން.ޕީ)ން ތުހުމަތު ކުރީ ރަނިލް ހައްޔަރު ކުރުމަކީ ސިޔާސީ މަގުސަދެއްގައި ކުރި ކަމެއް ކަމަށެވެ. އެއީ ރަނިލް އެނބުރި ވެރިކަމަށް އަތުވެދާނެ ކަމުގެ ބިރު ހީވެގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *