Support Us

އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ސުންނާފަތިކޮށްލައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިއަދު އައު އިންޒާރެއް ދެއްވައި، އެ ގައުމުގެ ސްކޮޓްލޭންޑްގައި އޭނާ ގޮލްފް ކުޅުއްވަނީ

އިރާންގެ ނިއުކްލިއަ މަޝްރޫއު ދާދި އަވަހަށް ފަނާކޮށްލާނަން: ޓްރަމްޕް

އިރާނުން ޔުރެނިއަމް ފައްކާ ކުރުން ކުރިއަށް ގެންދާ ނަމަ އިސާހިތަކު އެ ކަން ހުއްޓުވައިލައިނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ އިންޒާރެއް މިއަދު ދެއްވައިފިއެވެ.

"އަހަރެމެން އެމެރިކާއަށް އެ ކަން މާ ހަލުވިކޮށް ފަނާކޮށްލެވިދާނެ،" ވަރަށް ހަރުކަށި އިބާރާތުން ޓްރަމްޕް ވިދާޅުވިއެވެ.

އޭނާގެ މި އިންޒާރު މި އައީ އިސްރާއީލާ ގުޅިގެން، އިރާންގައި ނިއުކްލިއަ މަޝްރޫއު ހިންގާ ތިން މަރުކަޒަށް ހަމަލާ ދިން ތާ މާ ގިނަ ހަފުތާތަކެއް ވެސް ނުވަނީހެވެ.

އިނގިރޭސި ވިލާތުގެ ސްކޮޓްލޭންޑްގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ މަދަނީ ބޭނުންތަކަށް ވިޔަސް އިރާނުން ޔުރެނިއަމް ފައްކާ ކުރުމާ އޭނާގެ ސަރުކާރުން "ހަރުކަށި ގޮތެއްގައި ދެކޮޅު" ކަމަށެވެ. އިރާނާއެކު އެމެރިކާއިން ކުރިން ކުރިއަށް ގެންދިޔަ ވާހަކަތައް ހުއްޓުމަކަށް އައީ ވެސް ޓްރަމްޕް މި ގޮތަށް ވިދާޅުވުމާ ގުޅިގެންނެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ މަހު އިރާންގައި ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަށް ހަމަލާ ދިނުމާ ގުޅިގެން ވެސް އިރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން އާއި ހާރިޖީ ވަޒީރު އައްބާސް އަރާގްޝީ ވިދާޅުވެފައިވަނީ "ޔުރެނިއަމް ފައްކާ ކުރުމަކީ ގައުމީ ހައްގެއް" ކަމަށާއި "ނިއުކްލިއަ ޕްރޮގްރާމް އެއްލައި ނުލައިނެ" ކަމަށާއި "ނަމަވެސް އިތުރު ވާހަކަތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ހުޅުވައިލައިފައިވާ" ކަމަށެވެ.

އިސްރާއީލުގެ ވެރިން ބުނެފައިވަނީ "އިރާނަށް އަލުން ހަމަލާ ދޭން ތައްޔާރު" ކަމަށެވެ.

އިސްރާއީލުން މި ގޮތަށް ނިންމީ އެމެރިކާގެ ރުހުން ލިބިގެން ކަމަށް ބެލެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.

އިސްރާއީލާއި އެމެރިކާއިން އިރާނަށް އަލުން ހަމަލާ ދިނުމަށް ވިސްނާ ކަމަށް އެ ދެ ގައުމުން ބުނަން ފެށީ އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓެގަނުން ތަހުގީގު ކުރުމަށް ފަހު، ޖާސޫސީ މައުލޫމާތަށް ބަލައި، މި ދިޔަ މަހު ދިން ހަމަލާތަކުން އިރާންގެ ނިއުކްލިއަ މަރުކަޒުތަކަށް މާކަ ބޮޑު ގެއްލުމެއް ނުދެވޭ ކަމަށް ހާމަވުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *