Support Us

އަންޑްރޭ ރޫސޯ (ވަކި ފޮޓޯގައި) އަދި އޭނާ ޖެޓުގެ އެއް އިންޖީންގެ ތެރެއަށް ފުންމައިލުމުގެ ކުރިން އަނެއް އިންޖީންގެ އަރިމައްޗަށް ފުއްމައިލި މަންޒަރުގެ ސްކްރީންޝޮޓެއް

ޖެޓެއްގެ އިންޖީން ތެރެއަށް ފުންމައިލައިގެން އަމިއްލައަށް މަރުވެއްޖެ

އިޓަލީގެ އެއާޕޯޓަކުން ޖެޓެއް ނައްޓައިލަން ރަންވޭ މަތިން ދުއްވަނިކޮށް، އެއާ ދިމާއަށް ދުއްވައިގަނެ، އޭގެ އިންޖީނެއްގެ ތެރެއަށް ފުންމައިލައިގެން އެޑިކްޓެއް އަމިއްލައަށް މަރުވެއްޖެއެވެ.

އިއްޔެ އާއްމު ކުރި ވީޑިއޯގެ އެއް ބައިގައި ފެންނަނީ އެ މީހާ އެއް އިންޖީންގެ އަރިމައްޗަކާ ދިމާއަށް ފުންމައިގެންފައި، ދެން މަތިންދާބޯޓުގެ އަނެއް އިންޖީނަށް ފުންމައިލައިން، ޖެޓްގެ ދަށުން އަނެއް ފަޅިއަށް ދުވެފައި ގޮސް، ފުންމައިގެން އަރައި ބިމުން ކެނޑޭ ހިސާބަށެވެ. އެއިރު އޭނާގެ ފަހަތުން، ވާނުވާގައި ނޭނގި ތިބި ފާޑަކަށް، އެއާޕޯޓުގެ ބައެއް ސެކިއުރިޓީން ދުވެފައި ދެއެވެ.

އެގައުމުގެ ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ހިނގައިފައިވަނީ މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ކަމަށެވެ.

އަންޑްރޭ ރޫސޯ ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ މީހާ މަސްތުވާތަކެއްޗާ ހަނގުރާމަ ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި އޭނާ އައީ އަލުން ދިރިއުޅުން އާރާސްތުކުރަން މަސައްކަތް ކުރަމުން ކަމަށް އޮފިޝަލުން ބުންޏެވެ.

"އޭނާ އެއާޕޯޓަށް ވަނީ އަމިއްލަ ވެހިކަލެއްގައި. އެ ޕާކުކޮށްފައި، ސެކިއުރިޓީ ފަހަނަޅައި ދިޔައީ ކިހިނެތް ކަން މިހާރު ތަހުގީގު ކުރަމުން އަންނަނީ. އޭނާއާ ވައިގެ ދަތުރުފަތުރުގެ ދާއިރާއާ ގުޅެނީ ކިހިނެތްތޯ ބަލަމުން މި އަންނަނީ،" އޮފިޝަލަކު ބުންޏެވެ.

ވޮލޮޓިއާ އެއާބަސް އޭ-319 މަރުކާގެ މަތިންދާބޯޓު ސްޕެއިނަށް ދިއުމަށް ބެރްގާމޯ ބައިނަލްއަގުވާމީ ވައިގެ ބަނދަރުން ނައްޓައިލަން އޮތީ 154 ފަސިންޖަރުންނާއި ހަ ފަޅުވެރިންނާއެކުއެވެ.

ބިން މަތީގައި ހުރި، އަދި އެ ފްލައިޓް އޮޕަރޭޓް ކުރާ ކުންފުނީގެ އެކަކަށް "ސީރިއަސް ޒަހަމެއް ލިބުން" ފިޔަވާ އިތުރު ބަޔަކަށް ގެއްލުން ނުވާ ކަމަށް އޮފިޝަލް ބުންޏެވެ

އަންޑްރޭ އިންޖީނު ތެރެއަށް ދަމައިލުމާއެކު ޕައިލެޓު ވަނީ ޖެޓު ވަގުތުން ހުއްޓުމަކަށް ގެނެސްފައެވެ. އަދި އޮފިޝަލުން ވަނީ އެއާޕޯޓުގެ އޮޕަރޭޝަންތައް ދޮޅު ގަޑިއިރެއްހާއިރަށް މެދުކަނޑައިލައިފައެވެ.

"ނަފުސާނީ ކައުންސެލިން ކަމާ ގުޅޭ ހުރިހާ ފަރާތްތަކެއް ފޯރުކޮށްދެވުނު،" އޮފިޝަލް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *