Support Us

އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ނާތާންޒު މަރުކަޒު

އިރާން ނިއުކްލިއަ ޕްރޮގްރާމް ދެ އަހަރު ފަހަތަށް: އެމެރިކާ

މިދިޔަ މަހު އިސްރާއީލާ ގުޅިގެން އެމެރިކާއިން އިރާންގެ ނިއްކުލިއަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަށް ދިން ހަމަލާތަކުން އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ދެ އަހަރު ފަހަތަށް ޖައްސައިލެވިއްޖެ ކަމަށް އެމެރިކާ ދިފާއީ ވުޒާރާ އިން ބުނެފިއެވެ.

"ފުރުދޫ، ނާތާންޒު އަދި އިސްފަހާނަށް ދިން ހަމަލާތަކުގެ ސަބަބުން އިރާނުން އަލުން ނިއުކްލިއަ ޕްރޮގްރާމް ފަށަން ދެ އަހަރު ނަގާނެ،" ޕެންޓެގަންގެ ތަރުޖަމާނު ޝޯން ޕާނެލް އިއްޔެ ބުންޏެވެ.

ޕެންޓެގަންގެ އޮފިޝަލަކު ކުރިން ބުނެފައިވަނީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާތަކުން މާ ބޮޑު ކާމިޔާބެއް ނުލިބޭ ކަމަށެވެ.

ހަމަލާތަކާ ގުޅިގެން އިރާންގެ ޕާލަމަންޓުން ވަނީ އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމް ހިންގާ ތަންތަން ބަލަން އދ.އަށް އަލުން ހުއްދަ ނުދޭން ނިންމައިފައެވެ. މި ގޮތަށް ނިންމުމުގެ އެއް ބޭނުމަކީ އިރާނުން ޔުރެނިއަމް މާއްދާ ފައްކާކޮށްފައިވާ މިންވަރު ހާމަ ނުކުރުން ކަމަށް ބެލެވެއެވެ.

އިސްރާއީލުން މިހާރު ދަނީ ފުރުދޫއަށް އިތުރު ހަމަލާއެއް ދޭން ތައްޔާރުވަމުންނެވެ. މި ހަމަލާ ދޭނީ އެމެރިިކާއާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *