Support Us

ގެދޮރު ކައިރީގައި ހާ ގެންގުޅުން މަނާކޮށްފި

"ކައްކަކާކޯ" ގޮވާތީ އާއި ނަޖިހުން ނުބައި ވަސް ދުވާތީ ގެދޮރު ކައިރީގައި ހާ ގެންގުޅުން ލުބްނާންގެ ވިލެޖެއްގައި މަނާކޮށްފިއެވެ.

އޮޅުކޮށްގެން ހާ ގެންގުޅުން އުތުރު ލުބްނާންގެ ބަދުނާޔިލު ވިލެޖްގައި މަނާކުރީ ހާ ގޮވާ އަޑުގެ ސަބަބުން އުނދަގޫވާތީ އާއްމުން ޝަކުވާ ކުރާތީ ކަމަށް އެ ވިލެޖް ބަލަހައްޓާ މުނިސިޕަލިޓީގެ ވެރިޔާ ސަލާހުއްދީނުލްއައްޔޫބީ ބުންޏެވެ.

"ތަން ނުތާހިރު ކުރުމާއި ނުބައި ވަސް ދުވާތީ ވެސް އެތައް ބަޔަކު ޝަކުވާ ކުރޭ. އެހެންވެ އަހަރެން ނިންމި ނިންމުމެއް މިއީ،" އޭނާ ބުންޏެވެ.

ބަދުނާޔިލުގައި ދިރިއުޅޭ ރަށްވެހިން އެ މީހުން ގެންގުޅޭ ހާތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމަށް ދިނީ 10 ދުވަހުގެ މުހުލަތެވެ.

"އެހެން ނޫނީ ގާނޫނީ ފިޔަވަޅު އަޅާނަން،" ސަލާހުއްދީނުލްއައްޔޫބީ ބުންޏެވެ.

ގެދޮރު ނެތް ދުރު ހިސާބުތަކުގައި ހާ ގެންގުޅުމަށް އޭނާ ވަނީ ހުއްދަ ދީފައެވެ.

ގިނަ ބަޔަކު މިހާރު ޝަކުވާ ކުރަމުން ދަނީ ހާލެއް ނެތި އެ މީހުން ގެންގުޅޭ ކުކުޅު ވިއްސާނެ ގޮތަކާމެދު ކަމަށް ސަލާހުއްދީނުލްއައްޔޫބީ ބުންޏެވެ.
"އެކަމަކު ކުކުޅު ބިސް އަޅުވަން މިހާރު ކޮންމެހެން ހާލެއް ބޭނުން ނުވާކަން އެނގޭނެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އޭނާ އަލަށް ތަންފީޒު ކުރި ގާނޫނުގެ ދަށުން އަޑު ގަދަ ކުރާ ދޫނިސޫފާސޫފީގެ އިތުރުން އަޑު ގަދަ ކުރެވޭ ގޮތް ހަދާ ސައިކަލުތައް ވެސް މިހާރު މަނާވެފައިވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *