Support Us

ކޮލަމް މީތިނުކިޔާތި: އީރާން މަސްރަހު ފިނި ނުކުރެވޭނެ ހިސާބަށް ދިޔައީބާ؟

މި ދިހަ ހޮނިހިރު ދުވަހު "އޮޕަރޭޝަން މިޑްނައިޓް ހެމާ" ނުވަތަ ލަފުޒީ ތަރުޖަމާއިން ނަމަ "ދަންވަރުގެ މަރުތޭލަ"އިގެ ނަމުން އެމެރިކާއިން، ރާޑަރަށް ނާރާ ބީ-2 މަރުކާގެ މަތިންދާބޯޓުގެ ބޮންތަކުންނާއި ޓޮމަހޯކް މިސައިލްތަކުން އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ މައި ތިން މަރުކަޒަށް ވަނީ "ފުދޭވަރެއްގެ ގެއްލުންތަކެއް" ދީފައި ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓެގަންއިން ބުންޏެވެ.

މި ކަމުގެ ބަދަލުގައި އީރާނުން އިއްޔެ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަށް ހަމަލާ ދީފައެވެ. މީހަކު މަރު ނުވި ނަމަވެސް، މިއީ އީރާނުން ނަތީޖާ ނެރުނު ހަރުކަށި ރައްދެކެވެ. އަދި އީރާނުން މި ގޮތަށް ބަދަލު ހަމަލާ ދިނީ ކުރިން އިންޒާރު ވެސް ދީފައިމެއެވެ.

މިކަމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބިރުފުޅުގަތެވެ. މޫނު ނުކެނޑެންވެގެން މިއީ އީރާންގެ "ނިކަމެތި" ރައްދެއް ކަމަށް ވިދާޅުވިޔަސް ހަމަ އެއް ނޭވާއެއްގައި ވަނީ ތަކުރާރުކޮށް އީރާނަށް ސުލްހައިގެ މޭޒަށް އައުމަށް ގޮވައިލައްވައިފައެވެ.

މިއާ ވިދިގެން އީރާނުން ވެސް ވަކި ދުލެއް ނުދިނެވެ. އީރާނުގެ އެންމެ އިސްވެރިޔާ އަލީ ހާމަނައީ ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި އެމެރިކާގެ ބައިވެރިވުން ޝާމިލުވުމުން "އިޔާދަ ނުކުރެވޭނެ ވަރުގެ ނަތީޖާތަކެއް" ދެން ނުކުންނާނެ ކަމަށާއި "ފުޅާ ދާއިރާއެއްގެ ހަނގުރާމައަކަށް ބަދަލުވެގެން ހިނގައިދައިނެ" ކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުން، ސިޔާސީ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން މިހާރު ލަފާކުރަނީ އީރާނުން ދެން ހަމަލާ ދޭނީ މި ފަހަރަށްވުރެ ދުރަށް ވިސްނައިލައި، މާ ރަނގަޅަށް ރާވައިލައިގެން ކަމަށެވެ. އެ ގޮތުން މިސައިލް ބޭނުންކޮށްގެންނާއި އީރާނަށް ވަފާތެރި ޖަމާއަތްތައް ލައްވައި ސިއްރިޔާތުގައި އޮޕަރޭޝަންތައް ހިންގުން ވެސް ހިމެނެއެވެ.

"ބޭނުމަކަށް ވެދާނެ ކަމަކީ އެންމެ ފުޅާ ދާއިރާއެއްގައި ހަނގުރާމަ ފެތުރުނަ ނުދީ މެދުމިނެއްގައި ހިފެހެއްޓުން،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

ޣައްޒާ ހަނގުރާމަ އެއް އަހަރަށްވުރެ ވެސް ދިގު މުއްދަތަކަށް ދިގުލަމުން ދަނިކޮށް އީރާނަށް އިސްރާއީލާއި އެމެރިކާއިން ހަމަލާ ދިނުމުން މެދުއިރުމަތީގެ މައްސަލަ މި ވަނީ "އަސާސީ ސިފައެއް"ގައި މުޅިން ބަދަލުވެފައެވެ. އެއް އިރެއްގައި "އަތް ނުލެވޭ ހިސާބުގައި" ހުރި ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒުތައް މި ވަނީ ހަނގުރާމައިގެ "ކުރީ ސަފަ"ށް ޖެހިލައިފައެވެ.

ނަމަވެސް، މެދުއިރުމަތި މި ވަރަށް މިއަދު ހަލަބޮލިވެފައިވާ ނަމަވެސް، ކޮންމެވެސް ސިފައެއްގައި އިސްރާއީލާއި އެމެރިކާއަށް މައިތިރިވުމުގެ ފުރުސަތު އެބައޮތެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ކަމަށްވާ ޕެންޓެގަންގެ އޮފިޝަލަކު ބުނިހެން އެމެރިކާ، އެމެރިކާގެ ދިފާއުގައި "ކޮންމެ ގޮތަކަށް އަމަލުކުރަން ތައްޔާރަށް އޮތް ނަމަވެސް އާހިރުގައި އެމެރިކާއިން ވެސް ބޭނުންވަނީ މޭޒު ދޮށުގައި އިށީނދެގެން އީރާނާ ވާހަކަ ދައްކައިގެން މެދުއިރުމައްޗަށް ސުލްހަ ގެންނާށެ"ވެ.

"މިހާރު އޮތް އެންމެ ބިރުވެރިކަމަކީ، އެމެރިކާއިން ހަމަލާ ދިނުމުގެ ސަބަބުން އަހަރެމެން ސަލާމަތްވާން އުޅުނު ތޫފާން އެންމެ ފަހުން އައިސް މި ލައިގަތީ އަހަރެމެންގެ ބޯ މައްޗަށް،" ޕެންޓެގަންގެ އެ އޮފިޝަލް އިއުތިރާފުވިއެވެ.

ހަމަ މި ގޮތަށް އީރާން އޮންނަ ގަލްފު ކަނޑުގައި ހިމެނޭ އަރަބި، އިސްލާމީ އަދި ތެލުގެ މުއްސަނދިކަން ލިބިފައިވާ، ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ގައުމުތައް ކަމަށްވާ އިރާގު، ކުވައިތު، ގަތަރު، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ވެސް މިހާރު ސިހުން ލިބިފައިވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އަރައިފައިނެތީއެވެ. ސަބަބަކީ އިސްރާއީލަށް ހިތްވަރު ދިނުމުގެ ގޮތުން، މެދުއިރުމަތީގެ ސަރަހައްދީ މައްސަލަތަކުގެ "އަޑި"އަށް މި ވަނީ ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާއިން "ގުޑުންތަކެއް" އަރުވައިލައިފައެވެ.

އެމެރިކާއަށް ދޭނެ ރައްދު ދޭނީ ކިހިނެތްކަމާމެދު އީރާނުން މިހާރު ވިސްމުން އަންނަ އިރު މުޅި ދުނިޔެ ވެސް މިހާރު މި ވަނީ "ތޫނު ރޭޒަރު ތިލައެއްގެ މައްޗަށް ވެއްޓިފަ"އެވެ. ފުޅާ މަގަކަށް މެދުއިރުމަތީގެ މި ހަނގުރާމަ ފެތުރިގެން ނުދާނެ ހަމައެކަނި ދެން އޮތް ގޮތަކީ، ސިޔާސީ ތަޖުރިބާކާރެއް ބުނި ފަދައިން، ކަސިޔާރު މި ތިން ގައުމުން "ޑިޕްލޮމެސީގެ ހަނި ގޯޅިއަށް އެޅުމެ"ވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *