Support Us

ކޯސްޓަ ރިކާގެ ޖަސްޓިސް މިނިސްޓްރީން ނެރުނު ވީޑިއޯގައި ޖަލު ބަލަހައްޓާ މީހުން ބުޅަލުގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ޑްރަގް ޕެކެޓްތައް ނައްޓާލާ މަންޒަރުގެ ސްކްރީންޝޮޓެއް

ބުޅަލެއް ލައްވާ ޖަލަށް ޑްރަގްސް ވައްދަން އުޅެފި

ބުޅަލެއް ލައްވާ ޖަލަށް މަސްތުވާތަކެތި ވައްދަން ކޯސްޓަ ރިކާގައި ބަޔަކު މަސައްކަތްކޮށްފިއެވެ.

ޖަލު ބަލަހައްޓާ މީހުން ބުޅާ އަތުލީ ޖަލުގެ ފެންސް މަތިން އެ ސޮރު އެތެރެއަށް ފުއްމާލިތަނާއެވެ.

އެ ސޮރުގެ ގައިގައިވަނީ މަސްތުވާތަކެތީގެ ދެ ޕެކެޓް ހަރުކޮށްފައެވެ. އެއީ 230 ގްރާމްގެ މެރުއާނާ އާއި 67 ގްރާމްގެ ކޮކޭންއެވެ.

"މި ބުޅާ އަތުލައިގަނެވުނީ މި މަހު،" ޖަސްޓިސް މިނިސްޓްރީން މި ދިޔަ ހަފުތާގެ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބުޅާ ހިފަން ފެންސަށް ގާޑަކު އެރި މަންޒަރުގެ ވީޑިއޯއެއް އެ މިނިސްޓްރީންވަނީ ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި އިތުރަށް ފެންނަނީ ބުޅާގެ ގައިގައި ހަރުކޮށްފައިވާ ޑްރަގް ޕެކެޓްތައް ނައްޓާލާ މަންޒަރެވެ.

"ޖަލު ބަލަހައްޓާ ގާޑުންގެ އަވަސް އަމަލުތަކުގެ ސަބަބުން ބުޅާ ވަނީ ހިފިފައި އަދި ޑްރަގް ޕެކެޓްތައް އަތުލެވިފައި. މި ކަމުގެ ސަބަބުން ގައިދީންނަށް އެ ތަކެތި ނުލިބޭ،" މިނިސްޓްރީން ބުންޏެވެ.

ބުޅާ މިހާރުވަނީ ހައިވާނުން ހިމާޔަތްކުރާ ޖަމިއްޔާއަކާ ހަވާލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *