Support Us

ރަޝިއާގެ އަސީރުން ދޫކޮށްލުމުން ރަޝިއާއިން ދޫކޮށްލި ޔޫކްރެއިންގެ އަސީރުން އެނބުރި ގައުމަށް އައިސްފައި

އަސީރުން ބަދަލުކޮށްފައި ރަޝިއާއިން ޔޫކްރެއިނަށް ދޭ ހަމަލާތައް އަނެއްކާވެސް ކުރިއަށް

ގާތްގަނޑަކަށް 1،000 އަށްވުރެ ގިނަ އަސީރުން ދެ ގައުމުން ބަދަލުކޮށް ނިންމައިފައި ރަޝިއާއިން މިއަދު ވަރުގަދަ ހަމަލާތަކެއް ޔޫކްރެއިނަށް ދީފިއެވެ.

ޑްރޯނުން ދިން 298 ހަމަލާ އާއި ފޮނުވައިލި 69 މިސައިލުން މަދުވެގެން 12 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ.

މިއީ ޔޫކްރެއިން އެއްކޮށް ހިފުމަށް 2022 ގައި ރަޝިއާއިން ފެށި އަސްކަރީ ހަމަލާތަކަށް ފަހު އެންމެ ގިނަ އަދަދަކަށް ދެ ގައުމުން އަސީރުން ބަދަލުކުރުމަށް ފަހު ރަޝިއާއިން ދިން ހަމަލާތަކެވެ. ހަމަލާތައް 22 ސަރަހައްދަކަށް ފޮނުވައިލައި، ގެދޮރާއި ސްކޫލްތަކާއި އިންފްރާސްޓްރަކްޗަރު ސުންނާފަތިކޮށްލިއެވެ.

"ވޭތުވެދިޔަ ހަފުތާތަކަށް ބަލާއިރު މިއީ ރަޝިއާއިން ދިން އެންމެ ވަރުގަދަ ހަމަލާތައް،" ޔޫކްރެއިންގެ ހާރިޖީ ވަޒީރު އަންދްރީ ސިބިއާ ވިދާޅުވިއެވެ.

ރަޝިއާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށް އިއްޔެ ދިން ޑްރޯން ހަމަލާއެއް

މިއަދު ދެ ގައުމުން 307 އަސީރުން ބަދަލުކުރިއެވެ. އެއީ އޭގެ ކުރިން 780 ހައްޔަރީން ބަދަލުކުރުމަށް ފަހުއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ރަޝިއާގެ "ދެ ފުށް ދެ ގޮތް އުކުޅު" ކުށްވެރިކުރެއްވިއެވެ.

"ހަނގުރާމަ އަދިވެސް ކުރިއަށް ދެމިގެންދާ ސަބަބަކީ ރަޝިއާގެ އަމަލުތައް ހުންނަ ގޮތް،" އޭނާ ވިދާޅުވިއެވެ.

ތެދުވެރި ސުލްހައިގެ މަޝްވަރާތައް ކުރުމަށް ރަޝިއާއަށް ޕްރެޝަރު ކުރުމަށް ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް މިހާރަށްވުރެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *