ސައިޕްރަސްގައި ރަޖިސްޓާކޮށްފައިވާ އާގުބޯޓު އެން.ސީ.އެލް ސޯލްޓަން ރޭ ފަތިހު ނޯވޭގެ އައްސޭރިއަށް އުރި، ގެއެއްގެ ބަގީޗާއަށް ފޯރާ، ގޭގައި ނުޖެހުނީ ކިރިޔާއެވެ.
މި ހާދިސާގައި 16 ފަޅުވެރިންކުރެ އެކަކަށް ވެސް އަދި ގޭގައި ދިރިއުޅޭ މީހަކަށް ވެސް ގެއްލުމެއް ނުލިބެއެވެ.
ގާތްގަނޑަކަށް 30 ބުރި އިމާރާތެއްހާ ދިގު އާގުބޯޓު މިސްރާބު ގެއްލި، ދިޔަ ބާރުމިނުގައި އައްސޭރިއަށް އުރުނު ސަބަބު ނޭނގޭތީ ނޯވޭގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.
"މިއީ ބުއްދި ގަބޫލުކުރަން ދަތި ކަމެއް،" ގޭގެ ވެރި މީހާ ޔޯހާން ހެލްބާގް ބުންޏެވެ.

އޭނާ ބުނީ އޭނާ ހޭލައްވައިލީ ފަތިހު ފަހެއް ޖަހާކަންހާއިރު އަވަށްޓެރިއެއް ކަމަށާއި ކުޑަދޮރުން ބޭރު ބަލައިލިއިރު ބޮޑު އާގުބޯޓު އޮތީ ގޭގައި ކިރިޔާ ނުޖެހި ކަމަށެވެ.
މި އާގުބޯޓު 2023 ގައި ވެސް ވަނީ އުރިފައެވެ. ނަމަވެސް އެ ފަހަރު އޭތި އަމިއްލައަށްވަނީ ފުންކޮށްފައެވެ.



advertisment