Support Us

ގްލޯބަލް ލީގަލް އެކްޝަން ނެޓްވޯކް (ޖީ.އެލް.އޭ.އެން)ގެ ފައުންޑިން ޑިރެކްޓަރު ގެއަރޮއިޑް އޯ ކުއިން (ކ-2)

އިސްރާއީލަށް ހަތިޔާރު ދިނުން ޔޫ.ކޭއިން ކުރިއަށްގެންދާކަން ހާމަވެއްޖެ

އިސްރާއީލަށް ކޮންމެވެސް ވަރަކަށް ހަތިޔާރު ދިނުން މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު މަދުކޮށްލި ނަމަވެސް ޖެހިގެން އައި އޮކްޓޫބަރާއި ޑިސެމްބަރާ ދެމެދު 171 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ ހަތިޔާރު ވިއްކުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ނިންމިކަން ހާމަވެއްޖެއެވެ. މީގެ ތެރޭގައި ރާވާ ޒާތުގެ 8،630 ހަތިޔާރު ހިމެނެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ ޣައްޒާގެ ހާލަތާމެދު ކަންބޮޑުވާކަމަށް ޔޫ.ކޭއިން ބުނާބުނުމާ މި ކަން ފުށުއަރާ ކަމަށެވެ.

ބައިނަލްއަގުވާމީ ސަޕްލައި ޗޭންތަކަށް ހިދުމަތް ދޭން ޖެހޭތީ އެފް-35 ފައިޓަރު ޖެޓް ޕްރޮގްރާމަށް ވެސް ޔޫ.ކޭއިން އިސްތިސްނާއެއް ދިން ކަމަށްވެއެވެ.

ގްލޯބަލް ލީގަލް އެކްޝަން ނެޓްވޯކް (ޖީ.އެލް.އޭ.އެން) ފަދަ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން މިހާރު ވަނީ އިނގިރޭސި ވިލާތުން ކެނޑިނޭޅި އިސްރާއީލަށް ހަތިޔާރު ވިއްކާތީ ހައި ކޯޓުގައި ކޭސްއެއް ރަޖިސްޓާކޮށްފައެވެ. ޣައްޒާގެ އާއްމު ރައްޔިތުންނަށް އަނިޔާ ލިބެމުންދާ ކަމަށް ބުނެފައެވެ.

"ޣައްޒާގެ ކުޑަކުދިން ޝަހީދުކޮށްލައި، ބަނޑަށްޖައްސަމުން ދަނީ ކުރިމަގުގެ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތުގެ ސަބަބަކުން ނޫން. މި ކަމަށް މަގުފަހިވަނީ އިސްރާއީލަށް ހަތިޔާރު ދިނުން އިނގިރޭސި ވިލާތުން ކުރިއަށްގެންދާތީ،" ޖީ.އެލް.އޭ.އެންގެ ފައުންޑިން ޑިރެކްޓަރު ގެއަރޮއިޑް އޯ ކުއިން ބުންޏެވެ.

އިނގިރޭސި ވިލާތުން އިސްރާއީލަށް އަދިވެސް ހަތިޔާރު ފޯރުކޮށްދެމުންދާކަން ހާމަވީ ޣައްޒާ ހަނގުރާމަ އާއި އިސްރާއީލުގެ އަސްކަރީ އަހުލާގާމެދު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ކެއާ ސްޓާމާއަށް އިނގިރޭސި ވިލާތުގައި ދާހިލީ ފިއްތުންތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *