Support Us

ބޮލުގައި ލާ ގޮތްނޭނގޭ ތެލެއް ވިއްކި މީހަކަށް ކަފާލާތެއް ނުދިން

ބޮލުގައި ލާ ގޮތްނޭނގޭ ތެލެއް އަމިއްލައަށް ހަދައިގެން، އެއީ ތަލަވުން ހައްލުކޮށްދޭ އެއްޗެއް ކަމަށް ބުނެ، ނުރަސްމީ ކޭމްޕެއްގައި އެ ޕްރޮމޯޓުކޮށް، އޭގެ ބޭނުންކުރި 71 މީހުންނަށް ލޮލުގެ އިންފެކްޝަން ޖެހުމުން އިންޑިއާގެ އިންފްލުއެންސާއެއް ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ކޯޓުން ދެކޮޅުހަދައިފިއެވެ.

އަމަންދީޕް ސިންގްގެ ސޯޝަލް މީޑިއާގައި 85،000 ފޮލޮވާސް ތިބެއެވެ.

އޭނާ ވަނީ އެ ތެޔޮ 500 މީހުންގެ ބޮލުގައި އުނގުޅައިފައެވެ. އޭގެ ތެރެއިން 71 މީހުން ފަހުން ބުނީ އެ މީހުންގެ ލޮލުން ދިލަ ނަގަން ފެށި ކަމަށެވެ. އަދި އެ މީހުންގެ މޫނު ވެސް ވަނީ ދުޅަވެފައެވެ.

ޑޮކްޓަރުން ފަހުން ބެލިއިރު އެއީ ކަހާ ރޭޝްއެއް ކަމަށްވާ ކޮންޓެކްޓް ޑާމަޓައިޓިސްއެވެ.

"ތަހުލީލު ކުރުމެއް ނެތް ބޭސް ގަވައިދާ ހިލާފަށް ވިއްކުމުން ނަފުސާނީ އަދި ޖިސްމާނީ ގެއްލުންތައް ލިބޭ،" ޕަންޖާބު އަދި ހަރްޔާނާ ހައި ކޯޓުން ބުންޏެވެ.

ހައްޔަރު ނުވުމަށްޓަކައި އަމަންދީޕް މިހާރު އުޅެނީ ފިލައިގެންނެވެ. ނަމަވެސް އޭނާގެ ބައިވެރިޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އަމަންދީޕް ތެޔޮ ފުޅިއެއް ވިއްކީ 14 ޑޮލަރު (216ރ.)އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *