Support Us

ތައިލެންޑްގެ ރައްޔިތުން މާސްކް އަޅައިގެން މަގުމަތީގައި

ކޮވިޑް އަލުން ފެތުރެންފަށައި ތައިލެންޑާއި ސިންގަޕޫރުގައި މަރުތައް އިތުރުވަނީ

ކޮވިޑް-19 އަލުން ފެތުރެން ފަށައި، ތައިލެންޑާއި ސިންގަޕޫރުގައި މި މަހު މަރުވަމުންދާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ތައިލެންޑުގައި ޖަނަވަރީ އެކަކާއި މި މަހު 10 އާ ދެމެދު 16 މީހުން މަރުވެފައިވާ ކަމަށް ކަމާ ބެހޭ އިދާރާއިން ބުންޏެވެ. އެއީ ބަލި ޖެހުނު 53،676 މީހުންގެ ތެރެއިންނެވެ.

"ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ނަމަވެސް، ބަލީގެ ނިޝާންތައް މި ފަހަރު އެހާ ވަރުގަދައެއް ނޫން،" އާއްމު ސިއްހަތާ ބެހޭ ވަޒީރު ސޮމްސަކް ތެޕްސުޓިން ވިދާޅުވިއެވެ.

ސިންގަޕޫރުގައި މި ދިޔަ މަހު 27 އިން މި މަހު ތިނަކަށް 14،200 މީހުންނަށް ބަލި ޖެހިފައިވާއިރު، މި މަހު މަރުވި މީހުންގެ އަދަދު ކަނޑައެޅިގެން ބުނަން އަދި ދަތިކަމަށް ކަމާ ބެހޭ އިދާރާއިން ބުންޏެވެ.

"ނަމަވެސް މި ދިޔަ މަހު މަރުވި 54 މީހުންނަށް ވުރެ ގިނަ އަދަދަކަށް މި މަހު ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު އިތުރުވެފައިވުން އެކަށީގެންވޭ. ބޮޑަށް ލަފާކުރެވެނީ މަރުވެފައިވަނީ އުމުރުން ދޮށީ މީހުންކަމަށް،" އޮފިޝަލަކު ބުންޏެވެ.

ދެ ގައުމުގެ ސަރުކާރުންވަނީ ބޫސްޓާ ވެކްސިން ޖެހުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *