Support Us

18 އަހަރުގެ މީހަކު 5 މަސް ތެރޭ 10 އަންހެންކުދިން ބަނޑުބޮޑުކޮށްލި މައްސަލައެއް

ނައިޖީރިއާގެ އަނަމްބްރާ ސްޓޭޓްގެ އުމުރުން 18 އަހަރުގެ މީހަކު ފަސް މަސް ތެރޭ 10 އަންހެންކުދިން ބަނޑުބޮޑުކޮށްލިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައްސަލައިގެ ބާވަތުން ޒުވާނާ އާއި އޭނާ ބަނޑުބޮޑުކޮށްލި އެއްވެސް ކުއްޖެއްގެ ނަމާއި ފޮޓޯ ރަސްމީ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ ޒުވާނާ ވަޒީފާ އަދާކުރި ތަނުގެ ބޮސްގެ ދަރިފުޅާއި ސޭލްސްގާލްއެއް ވެސް ބަލިވެބޭންދި ކަމަށެވެ.

މި މައްސަލަ ހާމަކުރީ އަނަމްބްރާ ސްޓޭޓްގެ އަންހެނުންނާ ބެހޭ ކޮމިޝަނަރު އިފީ އޮބިނާބޯއެވެ.

"މި މައްސަލަ ކުރިއަށްގެންދާނެ ގޮތަކާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ނިންމައިފައިވަނީ،" ނޫސް ކޮންފަރެންސެއްގައި އޭނާ ބުންޏެވެ.

ނައިޖީރިއާގެ އަނަމްބްރާ ސްޓޭޓްގެ އަންހެނުންނާ ބެހޭ ކޮމިޝަނަރު އިފީ އޮބިނާބޯ

ބަނޑުބޮޑުކޮށްލި ކުދިންގެ އުމުރާއި ބަނޑުބޮޑުކޮށްލި ސަބަބުތަކާ ހެދި މި މައްސަލައިގެ ގާނޫނީ، ސުލޫކީ އަދި އިޖުތިމާއީ ކަންތައްތައް ބަލަމުން އަންނަކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި އާއްމުންގެ ހިޔާލު ހޯދުމަށް ނިންމި ނިންމުމަކީ ވަރަށް މަދުން ނޫނީ ސަރުކާރުން އެޅި ފިޔަވަޅެއް ނޫނެވެ.

މައްސަލައިގެ ސަބަބުން ފުރާއުމުރުގެ ކުދިންގެ ޖިންސީ މައްސަލަތަކާއި އިޖުތިމާއީ އިލްމް ދިނުމާ ބެހޭ މައްސަލަތައް ވެސް ބަހުސްކުރެވޭނެކަމަށް ތަޖުރިބާކާރުން ބުންޏެވެ.

"ތަހުގީގު އަދިވެސް ދަނީ ކުރިއަށް،" އިފީ ބުންޏެވެ.

ނޯޓް: މި ލިޔުމާއެކު މިވަނީ އޭ.އައި ފޮޓޯއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *