ހަމައެކަނި ނިއު ޒިލެންޑްގައި ދިރިއުޅޭ، ދުނިޔެއިން ހުސްވުމުގެ ބިރު އުފެދިފައިވާ ޕަވަލިފަންޓާ އޮގަސްޓާ ބާވަތުގެ ފިނިހަކައެއް ކަރުން ބިސް އަޅާ މަންޒަރު ފުރަތަމަ ފަހަރަށް ވީޑިއޯކުރެވިއްޖެއެވެ.
"މިއީ އާދަޔާ ހިލާފު ވަގުތުކޮޅެއް. މި ސޮރުމެން ގެންގުޅޭތާ ދަހަރެއް ފަހުން މި ފަދަ މަންޒަރެއް މި ފެނުނީ،" ނިއު ޒިލެންޑްގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް ކޮންސަވޭޝަންގެ ލިސާ ފްލެނެގަން ބުންޏެވެ.
ކަރުން ބިސްއަޅާ އެހެނިހެން ފިނިހަކަ ވެސް އުޅޭއިރު ޕަވަލިފަންޓާ އޮގަސްޓާ ބާވަތުގެ ފިނިހަކައެއް ކަރުން ބިސްއެޅި މަންޒަރު ހާއްސަވަނީ އަލަށް ވީޑިއޯކުރެވުމުންކަމަށް އޭނާ ބުންޏެވެ.
ގޮލްފް ބޯޅައެއްގެ ސައިޒު ހުންނަ މި ފިނިހަކައިގެ ތޮށިގަނޑު ހަރުކަމުން، ކަރުން ބިސްއަޅާ އެހެން ފިނިހަކަ ފަދައިން އެ ސޮރުގެ ޖިންސީ ގުނަވަން ހުންނަނީ ކަރުގައެވެ.
ޖިންސު ވެސް ބަދަލުކުރެވޭ މި ފިނިހަކަ ކައިއުޅެނީ ކިލާފަންޏެވެ. އުމުރަކީ ގާތްގަނޑަކަށް 30 އަހަރެވެ. އަހަރަކު އަޅަނީ ފަސް ބިހެވެ. އެއިން ކޮންމެ ބިހެއް ވިހަން އެއް އަހަރު ނަގައެވެ.
ބޯޓު ދެލި ނަގާ ސަރަހައްދެއްގައި އުޅޭތީ އެ ސޮރުމެން ހިމާޔަތްކުރަން މިހާރު ގެންގުޅެނީ ވަކި ތަނެއްގައި ފިނި ކޮންޓޭނަރަށް ލައިގެންނެވެ.
ހިމާޔަތްކޮށްފައިވާ ތަންތަނުގައި މިހާރު ދިރިއުޅެނީ މީގެ އެންމެ 2،000 ފިނިހަކައެވެ.



advertisment