Support Us

ޣައްޒާގެ އުތުރުގައިވާ ބައިތު ލާހިޔާ ސުންނާފަތިކޮށްލައިފައި

ޣައްޒާއަކީ ދާއިމީކޮށް އިސްރާއީލުގެ ތަނަކަށް ހަދަނީ

ޣައްޒާއަކީ ދާއިމީ ގޮތެއްގައި އިސްރާއީލުގެ ތަނެއްކަމަށް ހަދަން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޔަހޫދީ ކެބިނެޓުން ބުނީ ޣައްޒާގެ ދެ މިލިއަން މީހުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހަށް ބަދަލުކުރާނެކަމަށާއި ޣައްޒާގައި މިހާރު ބާކީ ހުރި އިމާރާތްތައް ނެތިކޮށްލާނެކަމަށެވެ.

ކެބިނެޓުން މި ގޮތަށް ނިންމި ނަމަވެސް ޣައްޒާ ހިފުމަށް ފަހު ހަދާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ. އަދި ބުނެފައިވަނީ މި ރޭވުން ކުރިއަށްގެންދާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ހަފުތާގައި ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ކުރައްވައި ދަތުރުގައި، ހަމާސް އާއި އިސްރާއީލާ ދެމެދު ވަގުތީ ސުލްހަ ގާއިމު ކުރެއްވުމާއި، ޔަހޫދީ ރަހީނުން ދޫކޮށްލުމުގެ ޕްލޭނަށް ހަމާސް ކިޔަމަންކުރެއްވުމުގައި ފޭލިވެއްޖެ ނަމަ ކަމަށެވެ.

ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ ޣައްޒާއަކީ މެދުއިރުމަތީގެ ރިސޯޓު ސަރަހައްދަކަށް ހައްދަވަން ބޭނުންވެ ވަޑައިގަންނަވާކަމަށެވެ. ނަމަވެސް އަރަބި ގައުމުތަކުން ބުނެފައިވަނީ ޣައްޒާގެ ރެފިއުޖީން ބަލައިނުގަންނާނެ ކަމަށެވެ.

އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ބުނީ ޣައްޒާ ހިފުމަށް ފަހު ހަމާސްގެ ބިންގަރާސް މަގުތައް ނައްތައިލާނެ ކަމަށެވެ. ބޭނުމަކީ ޣައްޒާގެ ވެރިކަމުން ހަމާސް ބާލައި، ހަމާސްގެ އަސްކަރީ ބާރު ކަނޑުވައިލުމެވެ. އަދި ބުނީ ރަފަހަށް ރެފިއުޖީން ވައްދާނީ ހަމާސް މެންބަރުންތޯ ބަލައިފައިކަމަށާއި އިސްރާއީލުން ރެފިއުޖީންނަށް އިންސާނީ އެހީ ފޯރުކޮށްދޭނީ ވެސް އެއީ ހަމާސް މެންބަރުންތޯ ޗެކުކުރުމަށް ފަހު ކަމަށެވެ.

އދ.އިން ވަނީ އިސްރާއީލުގެ ސަލާމަތީ ކެބިނެޓުގެ އިއްޔެގެ މި ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނީ އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ސިޔާސީ އެދުމަކަށް ބޭނުންވިޔަސް ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމު ނުކުރެވޭނެ ގޮތަށް ރާވާ އެއްވެސް ރޭވުމެއް ދުނިޔެ ގަބޫލެއް ނުކުރާނެކަމަށެވެ.

"އިސްރާއީލާ އެކުވެރި ގައުމުތަކުން ވެސް އެ ކަމަށް އެއްބަހެއް ނުވާނެ،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *